މާމުނަގައު އާއި ރީތިފަރު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
12 May 2023 | 05:14
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: މާމުނަގައު ބަލިކޮށް ރީތިފަރުން އުންމީދު އައުކޮށްފި!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023"  ގުރޫޕް "ބީ" ގައި މިރޭ ކުޅެވުނު މެޗުގައި 3-1 ގެ ނަތީޖާއަކުން މާމުނަގައު ބަލިކޮށް ރީތިފަރު ރިސޯޓުން މުބާރާތުގެ ފުރަތަަމަ މޮޅު ހޯދައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރީތިފަރު ރިސޯޓުންނެވެ. މި ލަނޑު ފުރަތަަމަ ހާފުގެ 7 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މައިޝާން މުހައްމަދު އެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރީތިފަރު ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފުގައި ރީތިފަރު ޓީމުން އިތުރު ދެ ލަނޑު ކާމިޔާބުކުރިއިރު، މި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ މުސައްވިރު އެވެ. އަދި މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް މާމުނަގައު އަށް ނަތީޖާ ފަރަގު ކުޑަކޮށްދިނީ އެޓީމުގެ އަލީ ނިޔާޒު އެވެ. އަދި މިރޭގެ މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ރީތިފަރު ޓީމުގެ މައިޝަން މުހައްމަދު އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ދެ މެޗު ކުޅެގެން ރީތިފަރު ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕް "ބީ"ގެ ތިންވަނައިގައެވެ. މިގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ އެއް މެޗު ކުޅެގެން ތިން ޕޮއިންޓާ، ފައިދާ 7 ގޯލާއިއެކު ޖޯލި މޯލްޑިވްސް އެވެ. ދެވަނައިގައި އޮތް ކުޑަފުށި ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ދެވަނައިގައި އޮތީ ފައިދާ 6 ގޯލާއެކުގައެވެ. މި ގުރޫޕްގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތް މާމުނަގައު އެވެ.

މިމުބާރާތުގައި މާދަމާ ރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 21:00 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މީދުއްޕަރު އާއި އާރަށެވެ. އަދި 22:00 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޮށްޓެއްފަރާއި ޖޯލިބީއިން އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.