ހަބަރު
12 May 2023 | 13:10
ބައެއް މީހުން, ދުންޔަވީ މަންފާއަށްޓަކައި، ފާފައެއްކުރުމަށް ޖެހިލުމެއް ނުވޭ: ޚުތުބާ

އަހަރެމެންގެ ތެރެއިން ބައެއްމީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާ އެމީހުން ދުންޔަވީ މަންފާއަށްޓަކައި، ފާފައެއްކުރުމަށް ޖެހިލުމެއް ނުވާ ކަމަށް މިއަދުވެ ޚުތުބާގައި ބުނެފިއެވެ. 

"ފާފައިގެ އަސަރު" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ މާތް الله އަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށެވެ. 

އަދި ފާފައަކީ އޭގެ ސަބަބުން މާތް الله ގެ ކޯފާއާއި އަޒާބަށް ހުށަހެޅޭ ކަމެއް ކަމަށާ، އެއީ އިއްޒަތްތެރިން ނިކަމެތި ކޮށްލައި، އޭގެ ނުބައި އަސަރު ރަށްތަކަށާއި އަޅުތަކުންނަށް ފޯރާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މީގެ އިތުރުން ފާފައަކީ ރިޒުގުގެ ދޮރުތައް ބަންދުވާ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއްމީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

"އަހަރެމެންގެ ތެރެއިން ބައެއްމީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށެވެ. ދުންޔަވީ  މަންފާއަށްޓަކައި، ފާފައެއްކުރުމަށް ޖެހިލުމެއް ނުވެއެވެ. ބޮޑަތި ފާފަތަކަށްވެސް އަރައިގަންނަނީއެވެ. ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި، ރިބާ ކެއުމާއި، ޖުވާ ކުޅުމާއި މަލާމަތް ކުރުމާއި، ޢިއްފަތް ފޭރުންފަދަ ކަންކަމަށް މީހުން އަރައިގަންނަނީ އެއްވެސް ބިރެއްނެތިއެވެ. މުޖްތަމަޢުހެ ޢާއްމު މިންގަޑާ ޚިލާފުވިޔަސް ބޭނުންގޮތަކަށް ހެދުން އަޅަނީއެވެ. ފާފަ ކުރުމަށް ފަހު އެކަމަށް ފަޚުރުވެރިވެ އެވާހަކަ ދައްކާ އުޅޭމީހުންވެސް މަދެއްނޫނެވެ. އެއީ ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ."

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ވަނީ ސަލާމަތުގެ މަގު ބޭނުންވާ ނަމަ، ފާފަތަކުން ތައުބާވުމަށް އަވަސްވެގަތުމަށް އެދިފައެވެ. 

"މާތްالله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ.

“އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި އިޚްލާސްތެރި ތައުބާއަކުން، ތިޔަބައިމީހުންގެ ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ”. ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.