ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން-- ފޮޓޯ/ ވޮއިސް
ހަބަރު
12 May 2023 | 16:20
ސާބިއާގެ ރައީސް އެހާ ޔަގީން ކަމާއެކު ކޮސޯވޯގެ ވާހަކަ އިއުލާނުކުރީ ޝާހިދު ކީކޭ ބުނީމަބާ؟: ދުންޔާ

ކޮސޯވޯއަކީ ވަކި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ކުރިން ބަލައިގެން ނަމަވެސް އެ ނިންމުން ބަދަލުކޮށްފި ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް އެހާ ޔަގީން ކަމާއި އެކު އިއުލާން ކުރެއްްވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ކީކޭ ވިދާޅުވީމާތޯ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ސުވާލު ކުރައްވައިފި އެވެ. 

ކޮސޯވޯ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ގަތުން އަނބުރާ ގެންދަން ރާއްޖެ ހިމެނޭ ގޮތަށް ނުވަ ގައުމަކުން އެއްބަސްވެފައިވާ ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ސާބިއާގެ ރައީސް އެހެން ވިދާޅުވެފައި ވަނީ ޝާހިދު ވެސް ސާބިއާއަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. 

ނަމަވެސް ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެއްވެސް ގައުމަކާ ގުޅުން ކަނޑާލުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށާ އަދި ކޮސޯވޯއަކީ ވަކި ދައުލަތެއް ކަމަށް ރާއްޖެއިން ބަލައިގަންނަ ކަމަށެވެ. 

ތަރުޖަމާނު އެފަދައިން ވިދާޅުވުމާއި ގުޅިގެން އެ މައްސަލާގައި ދުންޔާ ވަނީ މުހިންމު ސުވާލުތަކެއް ސަރުކާރާއި ކުރައްވާފައެވެ.

އެގޮތުން ދެގައުމުގެ ޚާރިޖީ ވަޒީރުންގެ ރަސްމީ މަޝްވަރާއާ ގުޅޭގޮތުން ގައުމެއްގެ ރައީސް ދޮގުހެދީތޯ ސުވާލު ކުރައްވައި އެއީ އާދައިގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ވަރަށްދެރަ. ދެގައުމުގެ ޚާރިޖީ ވަޒީރުންގެ ރަސްމީ މަޝްވަރާއާ ގުޅޭގޮތުން ގައުމެއްގެރައީސް ދޮގުހެދީތަ؟ މީ އާދައިގެ ކަމެއްނޫން. ސާބިއާގެ ރައީސް އެހާޔަގީން ކަމާއެކު އެފަދަކަމެއް އިއުލާނުކުރީ ރަސްމީ މަޝްވަރާގައި ޝާހިދު ކީކޭ ބުނީމަބާ؟ ކޮންމެ އިންތިޚާބަކާ ދިމާކޮށް ސާބިއާއަށް ދަނީ ކީއްވެ؟" ދުންޔާ ވިދާޅުވި އެވެ. 

ކުރިން ސާބިއާގެ ބައެއްގެ ގޮތުގައި އޮތް އަދި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. އެކަމަކު ސާބިއާއިން އަދިވެސް ގަބޫލުކުރަނީ އެއީ އެ ގައުމުގެ ބައެއްގެ ގޮތުގަ އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.