ނަމާދަށް ސަފު ހަދާފައި
ދީން
12 May 2023 | 17:15
ދެ ތަނބު ދޭ ތެރޭގައި ސަފު ހެދުމަކީ ކޮން ކަހަލަ ކަމެއް؟

ފަރުޟު ނަމާދުތަކުގެ ޖަމާޢަތުގައި ސަފުހަދާއިރު މިސްކިތުގައި ހުންނަ ތަނބު ތަކުގެ ސަބަބުން ސަފުތައް މެދުކެނޑޭގޮތް މެދުވެރި ވެއެވެ.

އެކަމަށް އަލި އަޅުވާލައި އައްޝެއިޚް ހަސަން މޫސާ ފިކުރީ ދެއްވާފައިވާ ދަރުހެއްގައި ޝެއިޚު ވަނީ، ދެތަނބު ދޭތެރޭގައި ސަފު ހެދުމުގެ ހުކުމާއި ގުޅޭގޮތުން ވަރަށް ތަފްސީލީ ޖަވާބެއް ދެއްވާފައެވެ. 

އެގޮތުން ޝެއިޚް ވިދާޅުވީ، ދެތަނބު ދޭތެރޭގައި ޞަފު ނުހެދުމަށް ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވާ ކަމަށާ އެއީ އޭގެ ސަބަބުން ޞަފުތައް މެދުކެނޑިގެން ދާތީވެއެވެ.

އެގޮތުން ޝެއިޚް ވަނީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ އަރިހުން ޤުއްރަތު ބިން އިޔާޟް ރިވާ ކުރައްވާފައިވާ ހަދީޘް ބަސްފުޅާއި އޭގެ މާނަ ޝެއިޚް ވަނީ ކިޔައި ދެއްވާފައެވެ. 

(كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ) صححه الألباني في “صحيح ابن ماجة”

މާނައީ: رسول الله صلّي الله عليه وسلّم ގެ ޒަމާނުގައި ތަނބުތަކުގެ މެދުގައި ނަމާދު ކުރުން ތިމަންމެނަށް ނަހީކުރެއްވިއެވެ.

ޝެއިޚް ވިދާޅުވީ ބައެއް މިސްކިތް ތަކުގައި ބައެއް ނަމާދު ތަކުގައި، ވަރަށް މަދު ސަފު ހެދިފައި ހުރެފައި، މިސްކިތުގައި ބޮޑު ހުސްޖާގަ އޮންނަ އިރުވެސް ތަނބުތަކާއި ދިމާވާގޮތަށް ހުންނަ ރޮނގުގައި ޖަމާއަތް ހަދާތަން ފެންނަ ކަމަށެވެ. އެހެން ނަމަވެސް، މިސްކިތުގައި ޖާގަ އޮންނަ ހާލަތުގައި ދެތަނބުގެ ދޭތެރޭގައި ސަފު ހެދުމުން ދުރުހެލިވުމަށް ޝެއިޚް ވަނީ ނަސޭހަތްތެރިވެފައެވެ. 

އަދި އެފަދަ ހާލަތްތަކުގައި، ތަނބުތައް ހުރި ސަފު ދޫކޮށް، އެއާއި ޖެހިގެން ތަނބު ނުލައި ހުންނަ ސަފުގައި ސަފުތައް ހެދުމަށްވެސް ޝެއިޚް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެއީ އެކަމުގައި އެންމެ އެދެވިގެންވާ ގޮތްކަމުގައިވެސް ޝެއިޚް ވިދާޅުވި އެވެ. އެހެނީ ތަނބުތައް ހުރި ސަފުގައި ސަފު ހެދުމުން ޞަފުތައް މެދު ކެނޑިގެންދާނެތީއެވެ. 

ކަން މިހެން ހުރި ނަމަވެސް ނަމާދު ކުރާ މީހުން ގިނަވެ މިސްކިތުގެ ޖާގަ ދަތިވެއްޖެ ހިނދެއްގައި ދެތަނބު ދޭތެރޭ ޞަފު ހެދުމަކީ ހުއްދަ ކަމެއް ކަމަށް ޝެއިޚު ވިދާޅުވި އެވެ. 

والله أعلم

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.