ނާޖިހު މުހައްމަދު
ކުޅިވަރު
13 May 2023 | 02:53
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: އާރަށް އަތުން މީދުއްޕަރަށް ފަސޭހަމޮޅެއް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ގުރޫޕް "ޑީ" ގައި މިރޭ ކުޅެވުނު މެޗުގައި 4-1 ގެ ނަތީޖާއަކުން އާރަށް ބަލިކޮށް މީދުއްޕަރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. 

މިރޭގެ މެޗުގެ ވަރަށް ކުރީކޮޅު މީދުއްޕަރުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މި ލަނޑު ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނާޖިހު މުހައްމަދު އެވެ. އަދި ފުރަތަަމަ ހާފު ނިމުނުގެ ކުރިން ނާޖިހު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދިހަވަނަ މިނެޓުގައި މީދުއްޕަރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ މުހައިމިން އަސްލަމެވެ. މިއީ އެޓީމުގެ ނާޖިހު މުހައްމަދު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި މީދުއްޕަރުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނާޖިހު ޖަމީލް އެވެ. މިމެޗުގައި އާރަށުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިރުޝާދު މުހައްމަދު އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މިރޭގެ މެޗުގައި މީދުއްޕަރު ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ނާޖިހު މުހައްމަދު އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް "ޑީ" އެއްވަނަ މީދުއްޕަރަށް ލިބުނުއިރު، މިގުރޫޕްގެ ދެވަނައިގައި އޮތީ މިރޭ މެޗުން ބަލިވި އާރަށެވެ. އެޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ތިން ޓީމު ހިމެނޭ ގުރޫޕް "ޑީ" ގެ ފުލުގައި މިވަގުތު އޮތީ ގްރޫޕްގެ ފުރަތަަމަ މެޗުގައި އާރަށް އަތުން ބަލިވި ޔޫ އެންޑް މީ އެވެ.

މި މުބާރާތުގައި މާދަމާ ރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 21:00 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޑަފުށި އާއި ޖޯލި މޯލްޑިވްސް އެވެ. އަދި 22:00 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިގަލި މޯލްޑިވްސް އާއި ދަ ސްޓޭންޑާޑް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.