ހަބަރު
13 May 2023 | 10:06
ސުވަރުގޭގެ އަހުލުވެރިންގެ އެންމެ ފުރަތަމަ ކެއުން

ސުވަރުގެއަކީ އެތަނުގެ އަހުލުވެރިން ކެއުމަށްޓަކައި ތަފާތު އެތައް އެއްޗެއް ލައްވާފައިވާ ތަނެކެވެ. އެފަދަ ބައެއް ތަކެތީގެ ވާހަކަތައް މާތް الله ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވާފައެވެ. އަދި ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم ވަނީ އެކަންކަމުގެ ބައެއް ޚަބަރުތައް ދެއްވާފައެވެ. ސުވަރުގެއަށް އެންމެ ފުރަތަމަ ވަންނަ ވަފުދުގެމީހުންނަށް، އެތަނަށް ވަނުމާއެކު، އެބައިމީހުންނަށް މެހެމާންދާރީގެ ގޮތުގައި އެންމެ ފުރަތަމަ ދެވޭނެ ކައުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

ސުވަރުގޭގައިވާ އެއްޗެއްސާއި ތަކެއްޗަކީ އަހަރެމެން ދުނިޔެމަތީގައި ނަން ކިޔާގޮތަށް ނަންކިޔުނުކަމުގައި ވީނަމަވެސް، އަހަރެމެންގެ ހިތަށްވެސް ނުގެނެވޭނެފަދަ މަތިވެރި ބަރަކާތްތެރި ތަކެއްޗެކެވެ. ސުވަރުގޭގައިވާ މޭވާތަކާއި ކާތަކެތިވެސް ހަމަމިފަދައެވެ. ނަމާއި ބަލާބެލުމަށް އެއްގޮތްކަމެއް ހުރިކަމުގައިވީނަމަވެސް އޭގެ ރަހައާއި ލިބޭ ލައްޒަތު މުޅިން ތަފާތެވެ.

ސުވަރުގޭގެ އަހުލުވެރިން އެންމެ ފުރަތަމަވެސް ސުވަރުގެވަނުމާއެކު އެބައިމީހުންނަށް ކެއުމުގެ ގޮތުގައި ލިބޭނީ ބޮޑުމަހުގެ މޭގަނޑުގައި ވަކިން އިންނަ ބައެކެވެ. މިގޮތުން، ޞަޙީޙުލް ބުޚާރީގައި އައިސްފައިވާ ޢަބްދުالله ބުން ސަލާމް رَضِيَ اللهُ عَنْه އިސްލާމްވެވަޑައިގެންނެވި ޙާދިސާގައި އައިސްފައިވެއެވެ. އެކަލޭގެފާނަކީ ޔަހޫދީންގެ ތެރެއިންވާ ޢިލްމު ހުރި ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުގެ ކުރިން ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަކީ ޙައްޤު ނަބިއްޔެއްތޯ އިމްތިޙާނުކުރެއްވުމަށްޓަކައި 3 ސުވާލެއް ކުރެއްވިއެވެ. އޭގެތެރެއިން އެއް ސުވާލަކީ "ސުވަރުގޭގެ އަހުލުވެރިން އެންމެ ފުރަތަމަ ކާނެ އެއްޗަކީ ކޮބައިތޯއެވެ؟" މި ސުވާލުގެ ޖަވާބުގައި ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ސުވަރުގޭގެ އަހުލުވެރިން އެންމެ ފުރަތަމަ ކާނެ އެއްޗަކީ ބޮޑުމަހުގެ މޭގަނޑުގެ ބައެކެވެ."

މީގެ އިތުރުން؛ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމްގައި އަބޫ ސަޢީދުނިލް ޚުދުރީ رَضِيَ اللهُ عَنْه ގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. ސުވަރުގޭގެ އަހުލުވެރިންނަށް އެންމެ ފުރަތަމަ ދެވޭ ކެއުމާބެހޭގޮތުން ރަސޫލުالله صَلَّى اللهُ عَلَيهِ وَسَلَّم އެބޭކަލުންނަށް ޚަބަރުދެއްވަމުން ޙަދީޘްކުރެއްވިއެވެ. "މީގޮނު ގެރިއާއި ބޮޑުމަހެވެ. އެ ދޭތީގެ މޭގަނޑުގެ ވަކިން އިންނަ ބައިން ހަތްދިހަ ހާސް މީހުން ކާނެއެވެ."

އަދި ޞަޙީޙު މުސްލިމްގައި ޘައުބާން رَضِيَ اللهُ عَنْه ގެ ކިބައިން ރިވާވެފައިވެއެވެ. ޔަހޫދީއަކު އައިސް ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم އަށް ސުވާލުތަކެއް ދެންނެވިއެވެ. އެމީހާ ދެންނެވިއެވެ. "އެބައިމީހުންނަށް (އެބަހީ؛ އެންމެ ފުރަތަމަ ސުވަރުގެއަށް ވަންނަމީހުންނަށް) އެންމެ ފުރަތަމަ ދެވޭނެ އެއްޗަކީ ކޮބައިތޯއެވެ؟" ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ބޮޑުމަހުގެ މޭގަނޑުގެ ބައެކެވެ." އެ ޔަހޫދީމީހާ ދެންނެވިއެވެ. "ދެން އެއާއެކު އެބައިމީހުންނަށް ދެވޭނީ ކޮން އެއްޗެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ސުވަރުގޭގެ އައްސޭރިފަށުގައި އުޅޭ މީގޮނުގެރިތަކުގެ ތެރެއިން ގެރި އެބައިމީހުންނަށްޓަކައި ކަތިލެވޭނެއެވެ." ޔަހޫދީމީހާ ދެންނެވިއެވެ. "އެއާއެކު އެބައިމީހުންނަށް ބުއިމަށް ދެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ސަލްސަބީލްއޭ ކިޔުނު ފެންއާރުގެ ފެނެވެ." ދެން ޔަހޫދީމީހާ ދެންނެވިއެވެ. "ކަލޭގެފާނު ތިޔަ ހެއްދެވީ ތެދުފުޅެވެ."

ސުވަރުގޭގެ އަހުލުވެރިންނަށް އެންމެ ފުރަތަމަ މި ކެއުންތައް ދެއްވުމުގެ ޙިކުމަތަކީ ކޮބައިތޯ ހިތަށް އަރާފާނެއެވެ. މާތް الله މިގޮތަށް ލައްވާފައިވާނީ މަތިވެރި ޙިކުމަތަކަށްޓަކައެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއެވެ. އެކަމުގެ ޙިކުމަތް އަހަރެމެންނަށް އެނގިގެން ނުވެއެވެ. އަދި ދުނިޔެމަތީގައި އެތަކެއްޗަށް ޝައުޤުވެރިކަން ނުހުންމީހަކު ނަމަވެސް ސުވަރުގޭގައި އެކަން ތަފާތުވެގެންވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވަރުގެއާބެހޭގޮތުން މިފަދަ އުފާވެރި ޚަބަރުތައް ކީރިތި ޤުރްއާނުގައާއި ޙަދީޘްތަކުގައި އައިސްފައިވަނީ އަހަރެމެން އެތަނަށް ވަނުމަށް ޝައުޤުވެރިވެ، އެތަނުގެ މަތިވެރި ނިޢުމަތްތައް ހޯދުމަށްޓަކައި ދުނިޔެމަތީގައި ގަދައަޅައި މަސައްކަތް ކުރުމަށްޓަކައެވެ. އެހެންކަމުން، ތަނަވަސްވެގެންވާ މަތިވެރި ސުވަރުގެތައް ޙާޞިލުކުރުމަށްޓަކައި ލިބިފައިމިވާ މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! މާތް اللهއަށް ކިޔަމަންތެރިވެ، ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.