ރުއް އާލާ ކުރުމުގެ ޕްރޮގްރާމުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ފިޝަރީސް މިނިސްޓްރީ
ހަބަރު
13 May 2023 | 10:50
"ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފި

ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރާއި ގާތަށްވެސް ދިވެހި ރުކުގެ އާބާދީ އިތުރުވަމުން ނުދާތީ ދެމެހެއްޓެނިވި ގޮތެއްގައި ކާއްޓާއި ކުރުބާ ލިބޭނީ ރުކުގެ އާބާދީ އިތުރުކޮށްގެން ކަމަށްވާތީ މިނިސްޓްރީ އޮފް ފިޝަސީސް އެންޑް އެގްރިކަލްޗާއިން ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ. 

ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލީ އިތުރުވުމާއި، ރުކުގެ އާބާދީ ދަށްވުމުގެ ސަބަބުން ކުރުނބާ އަދި ކާށި ލިބުން ދަތިވެފައިވާކަން ފާހަގަކުރެވޭތީ މި މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ގެނައުމަށް  ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން ވަނީ ފަސް ހާސް ރުއް ރާއްޖެ ގެނެސްފަ އެވެ. 

އަދި އެ ރުއްތަށް އަތޮޅުތެރޭގެ އެކި ރަށްތަކަށް ދަނީ ބަހަމުންނެވެ. އެގޮތުން 7 އަތޮޅެއްގެ 11 ރަށަކަށް މި ރުއްތައް ބެހުމަށް ސަރުކާރުން ނިންމާފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން ހއ އަދި ހދގެ ބައެއް ރަށްތަކަށް މިހާރު ވަނީ ރުއް ހަދިޔާކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ ނ އަދި ރ އަތޮޅުގެ ރަށްތަކަށް ރުއް ހަދިޔާކުރުމުގެ މަސައްކަތެވެ.

ރުކުގެ އާ ޖީލެއް ބިނާކުރުމަށް މިނިސްޓަރު ހުސެއިން ރުއް އިންދަވަނީ

  ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ނ.ކެނދިކުޅުދޫގައި ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރުއް އިންދުގެ ޤައުމީ ޕްރޮގްރާމް ކުރިއަށް ގެންދަވަނީ ރުއްގަނޑެއް ހެއްދޭނެ ޖާގަ އޮތް ރަށްރަށުގައިކަމަށެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ކާއްޓާއި ކުރުނބާ ލިބުން ދަތިވި ސަބަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި އާބާދީ އިތުރުވަމުން އަންނަ މިންވަރާ ގާތަށްވެސް ރުކުގެ އާބާދީ އިތުރު ކުރެވިފައިނުވާކަމަށާއި، މިހާރު ރާއްޖޭގެ ރުތުކުގެ އާބާދީގައި ހިމެނޭ ރުއްތަކަކީ މުސްކުޅި ރުއްތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.  

ކުރުގެ އާ ޖީލެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން 

"ކުރުގެ އާ ޖީލެއް" ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން ރަށްތަކަށް ބަހަމުން އަންނަނީ، އެ ރުއްތަކަކީ ބައްޔެއް ނެތްކަން ކަށަވަރުކުރުމަށް ފަހުގައިކަމަށް ފިޝަރީސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން މިނިސްޓްރީން ބުނީ އެ ރުއްތައް ރަނގަޅަށް ބެލެހެއްޓިއްގެކަމަށް ވާނަަމަ، އެ ރުއްތަށް ފޯދި ދެއަހަރާއި ބައިގެ ތެރޭގައި މަންފާ ލިބެން ފަށާނެ ކަމަށެވެ. އަދި ރަށްތަކުގައި އިންދާ ރުއްތަކުން ކައުންސިލަށް އާމްދަނީ ހޯދޭނެކަމަށް ވެސް ފިޝަރީސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.