ރަހީމް ސްޓާލިން މިރޭގެ މެޗުގައި ޗެލްސީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިން
ކުޅިވަރު
13 May 2023 | 22:36
އަމިއްލަ ދަނޑުގައި ނޮޓިންހަމް އަތުން ޗެލްސީއަށް މޮޅެއް ނުވެވުނު!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި އެއްވަރުވެ މިސީޒަނުގައި ލީގުގެ ގަދަ 10 ގައި ހިމެނުމުގެ ފުރުސަތު ޗެލްސީއަށް ހަނިވެއްޖެ އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް، މިހާފުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ފޮރެސްޓުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ޓައިވޯ އަވޮނިޔީ އެވެ. މިއީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު ލޯޑީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގައި ޗެލްސީ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖައާއު ފެލިކްސް އަށެވެ. ފުރަތަަމަ ހާފުގެ 34 ވަނަ މިނެޓުގައި ފެލިކްސް ބޮލުން ފޮނުވާލި ހަމަލާ ފޮރެސްޓްގެ ގޯލު ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފޮރެސްޓް ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފު ފެށިގެން ވެސް އެންމެ ފުރަތަަމަ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައީ ފޮރެސްޓްގެ ފަރާތުންނެވެ. ނަމަވެސް ދެވަަނަ ހާފުގެ 51 ވަނަ މިނެޓުގައި ޗެލްސީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން އެވެ. މިއީ ފޮރެސްޓްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީ އިން ނަތީޖާ އެއްވަރުކުރިތާ 07 މިނެޓު ފަހުން ރަހީމް ސްޓާލިން ވަނީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، ފުރަތަަމަ ފަހަރަށް މި މެޗުގައި ޗެލްސީއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ފޮރެސްޓުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ނައިޖީރިއާ ގެ ފޯވާޑް ޓައިވޯ އަވޮނިޔީ އެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 35 މެޗު ކުޅެގެން ޗެލްސީއަށް 43 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ. ލީގު ތާވަލުގެ 10 ވަނައިގައި އޮތް ބްރެންޓްފޯޑަށް 35 މެޗުން ވަނީ 50 ޕޮއިންޓް ލިބިފައެވެ. އަދި މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 36 މެޗު ކުޅެގެން ފޮރެސްޓަށް ލިބިފައިވަނީ 34 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.