މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް ގަނާޗޯ
ކުޅިވަރު
13 May 2023 | 22:45
ވުލްވްސް ބަލިކޮށް، ޔުނައިޓެޑުން ލިވަޕޫލުގެ އުންމީދުތަކަށް ހުރަސް އަޅައިފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ފަސްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ޕްރިމިއާ ލީގުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީ އާއި އާސެނަލް އިން ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، ބާކީ އޮތް ދެޖާގައަށް ލިވަޕޫލުގެ އިތުރުން ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑް އަންނަނީ ވާދަކުރަމުންނެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު، ނިއުކާސަލް އަދި މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ލިވަޕޫލަށް ހަތަރު ޕޮއިންޓް ކުރީގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިރޭ މެޗުގެ ފުރަތަަމަ ހާފުގައި ޔުނައިޓެޑުން ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް އެންޓޮނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގައި ވުލްވްސް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މިހާފުގައި ޔުނައިޓެޑުން ވަނީ 16 ފުރުސަތު ތަނަވަސްކޮށްފައެވެ. އަދި އޭގެ ތެރެއިން ހަތަރު ހަމަލާއެއް ވުލްވްސްގެ ގޯލާ އަމާޒުވެފައިވާ އިރު މިހާފުގައި ޔުނައިޓެޑުގެ ގޯލާ އަމާޒުކޮށް ވުލްވްސްއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަަނަ ހާފުގައި ވުލްވްސް އިން ކުޅުން ރަގަޅު ކުރި ނަމަވެސް މިހާފުގައި ވެސް އެޓީމަށް ޔުނައިޓެޑުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވާއިރު، މި މެޗުގައި ޔުނައިޓެޑް އިން ކާމިޔާބުކުރި ދެވަނަ ލަނޑު، މެޗުގެ 90 މިނެޓު ކުޅުން ހަމަވެގެން އިތުރަށް ދެއްކި 06 މިނެޓުގެ ތެރެއިިން 04 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އަލްޖަންޑްރޯ ގަނާޗޯ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. 

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 35 މެޗު ކުޅެގެން މެންޗެސްޓާ ޔުނައިޓެޑަށް 63 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވެސް ވަނީ މި އަދަދަށް ޕޮއިންޓް ލިބިފައެވެ. ނަމަވެސް އެޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މީގެ އިތުރުން ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ލިވަޕޫލް 35 މެޗު ކުޅެފައިވާއިރު، އެޓީމަށް ލިބިފައިވަނީ 62 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނަ އެވެ. އަދި މިރޭ މެޗުން ބަލިވި ވުލްވްސް 36 މެޗު ކުޅެފައިވާއިރު، އެޓީމަށް ލިބިފައިވަނީ 40 ޕޮއިންޓާއެކު ތާވަލްގެ 13 ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.