ދިގަލި މޯލްޑިވްސް އާއި ދަ ސްޓޭންޑާޑް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
13 May 2023 | 23:28
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ފަސޭހަކަމާއި އެކު ދަ ސްޓޭންޑާޑް ބަލިކޮށް ދިގަލި މޯލްޑިވްސް ކުއާޓާ ފައިނަލަށް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ގުރޫޕް "އޭ" ގައި މިރޭ ކުޅެވުނު މެޗުގައި 5-0 ގެ ނަތީޖާއަކުން ދަ ސްޓޭންޑާޑް ބަލިކޮށް ދިގަލި މޯލްޑިވްސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ. 

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދިގަލި މޯލްޑިވްސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފު އެޓީމުން ނިންމާލީ 4-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ. މިހާފުގައި އެޓީމުގެ މުހައްމަދު އިރުޝަމް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު މަމްދޫހު އާއި އަލީ މުހައްމަދު އެވެ.

މެޗުގެ ދެވަނަ ހާފުގައި ދަ ސްޓޭންޑާޑް އިން އެޓީމުގެ ކުޅުން ރަގަޅުކުރި ނަމަވެސް، ދިގަލި މޯލްޑިވްސްގެ ގޯލު ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. މިހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދިގަލި މޯލްޑިވްސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ ނަބީހުއެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ދިގަލި މޯލްޑިވްސްގެ މުހައްމަދު އިރުޝަމް އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް، ގޯލުގެ ތަފާތުން ގުރޫޕް "އޭ" ގެ އެއްވަނައިގައި މިވަގުތު އޮތީ ދިގަލި މޯލްޑިވްސް އެވެ. ގުރޫޕްގެ ދެވަނައިގައި އޮތް ކޯރާކޯރާ އަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ދަ ސްޓޭންޑާޑް އެވެ. 

ހަތަރު ޓީމު ހިމެނޭ މިގުރޫޕް "އޭ"ގެ ފުލުގައި އޮތް އަލީލާ ކޮތައިފަރު ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާއިރު، ބާކީ އެއް މެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. އަދި މިގުރޫޕުން ކުއާޓާ ފައިނަލުގެ ޖާގައެއް ދިގަލި މޯލްޑިވްސް އިން ކަށަވަރުކޮށްފައިވާ އިރު، ގުރޫޕް 'އޭ" އިން ކުއާޓާ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ގުރޫޕް "އޭ" ގައި މާދަމާ ރޭ ދަ ސްޓޭންޑާޑް އާއި ކޯރާކޯރާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އެއްވަރުވެއްޖެ ނަމަ ގުރޫޕް "އޭ" އިން ކުއާޓާގެ ފުރުސަތު ލިބޭނީ ދިގަލި މޯލްޑިވްސް އަދި ކޯރާކޯރާ އަށެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާރޭ ވެސް ކުޅުމަށް ހަމަޖެހިފައިވާ އިރު، 21:00 ގައި ވާދަކުރާ މެޗުގައި ބައްދަލުކުރާނީ ގްރޫޕް "އޭ" ކޯރާކޯރާ އާއި ދަ ސްޓޭންޑާޑް އެވެ. އަދި 22:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް "ބީ"ގެ ރީތިފަރު ރިސޯޓާއި ޖޯލި މޯލްޑިވްސް އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.