ސައުދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރާއި އެކު މިނިސްޓަރު އަމީރު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ހަބަރު
14 May 2023 | 11:12
ރާއްޖެ އާއި ސައުދީ އާއި ދެމެދު އިގްތިޞާދީ ގޮތުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކޮށްފި

ދިވެހިރާއްޖެ އާއި ސައޫދީ އަރަބިއްޔާއާއި ދެ ގައުމުގެ ދެމެދުގައި އިގްތިޞާދީގޮތުން ގުޅުން ބަދަހި ކުރުމާއިމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ. 

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސައޫދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ އިސްލާމިކު ޑިވެލޮޕްމަންޓް ބޭންކްގެ ސެމިނާރގެ ހަވާސާގެ ތެރެއިންނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހި ރާއްޖޭގެ މާލީ ވަޒީރު އިބްރާހީމް އަމީރު އާއި ސައުދީ އަރަބިއްޔާގެ މާލީ ވަޒީރު މުހައްމަދު އަބްދުالله ޢަބްދުލްޢަޒީޒު އަލްޖަދްޢާން އެވެ. 

މި ބައްދަލުވުމާއި ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ މާލީ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވަނީ، މި ބައްދަލުމުގައި ދިވެހި ރާއްޖެއާއި ސައޫދީ އާއި ދެމެދު އިގްތިޞާދީ ގޮތުންނާއި މާލީ ގޮތުން ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. 

ސައޫދީގައި ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ މި ސެމިނާރ ވަރަށް ގިނަ ގައުމުތަކުގެ މާލީ ވަޒީރުންނާއި އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. 

މި ސެމިނާރ ގެ ތެރެއިން ފިނޭންސް މިނިސްޓަރު އަމީރު ވަނީ ޑިރެކްޓަރ ޓްރޭޑް ފައިނޭންސް އެންޑް ޕްރޮމޯޝަން ޑިޕާޓްމެންޓް އެޓް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)، ހަނީ ސުންބޮލް އާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އައިޓީއެފްސީއާ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން ތަރައްޤީ އާއި އިގްތިޞާދުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް