ގުންޑޮގާން ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި
ކުޅިވަރު
14 May 2023 | 20:04
ގުންޑޮގާން ގެ ދެލަނޑާއެކު، މެންޗެސްޓާ ސިޓީއަށް ފަސޭހަ މޮޅެއް!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށް މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިދިޔަ ހަފްތާގެ އަންގާރަދުވަހުގެ ރޭ ޗެމްޕިއަންސްލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރައިގައި ހިމެނުނު މުހިންމު ގިނަ ކުޅުންތެރިންނަށް މިރޭގެ މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ވަނީ ރެސްޓުދީފައެވެ. އޭގެތެރޭގައި ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އާއި ޖެކް ގްރިލިޝް ގެ އިތުރުން ކެވިން ޑިބްރޭނާ ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ 37 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ގުންޑޮގާން އެވެ. މިއީ އެޓީމުގެ އަލްޖީރިއާ ފޯވާޑް ރިޔާދް މަހުރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން ސިޓީގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ ނޯވޭ ފޯވާޑް ހާލަންޑް އެވެ. މިއީ ގުންޑޮގާން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިއީ މިސީޒަނުގައި ޕްރެމިއާ ލީގުގައި މޮޮޅު ކުޅުމެއް ދައްކަމުން އަންނަ ހާލަންޑް ލީގުގައި ކުޅުނު، 33 މެޗުގައި ސިޓީއަށް އޭނާ ކާމިޔާބުކޮށްދިން 36 ވަނަ ލަނޑެވެ. ދެވަަނަ ހާފުގެ 51 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގުންޑޮގާން އެވެ.

މިއީ ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ކާމިޔާބުކޮށްދިން ހަތަރު ވަނަ ލަނޑެވެ. އަދި މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގު ކާމިޔާބުކުރުނަށް ބާކީ އޮތް ތިން މެޗުން ސިޓީއަށް މިހާރު ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. އަދި މިއީ ލީގުގައި މެންޗެސްޓާ ސިޓީ ޖެހިޖެހިގެން މޮޅުވި 11 ވަނަ މެޗެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު، މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 35 މެޗު ކުޅެގެން މެންޗެސްޓާ ސިޓީއަށް ވަނީ 85 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އާސެނަލް ވެސް 35 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 81 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި އެވަޓަން ލީގުގައި 36 މެޗު ކުޅެގެން އެޓީމަށް ލިބިފައިވަނީ 32 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.