ޕަރވިސް އެސްޓުޕިނަން ބްރައިޓަންގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދެނީ
ކުޅިވަރު
14 May 2023 | 22:42
އާސެނަލްގެ ދަނޑުގައި ބްރައިޓަން އިން އެޓީމުގެ އުންމީދުތައް ފުނޑުފުނޑު ކޮށްލައިފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ބްރައިޓަން އަތުން ބަލިވެ، ލީގު ހޯދުމަށް އާސެނަލް އިން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅިއްޖެއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ބްރައިޓަން އިން ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން ފުރަތަަމަ ހާފުގައި 12 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ފޯވާޑް ޖޫލިއޯ އެންސިސޯއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ އާސެނަލްގެ ކީއްޕަރު ދިފާއުކުރިއިރު،  އޭގެ ހަތަރު މިނެޓު ފަހުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ.

ފުރަތަަމަ ހާފުގައި 31 ވަނަ މިނެޓުގައި އާސެނަލްގެ ބެލްޖިއަމް މިޑްފީލްޑަރު ލިއަންޑުރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ އިގިރޭސި ފޯވާޑް ސަކާއަށް ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ.

ފުރަތަަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް، ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ބްރައިޓަން އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޖޫލިއޯ އެންސިސޯ އެވެ. މިއީ އެޓީމުގެ އިކުއެޑޯގެ ޑިފެންޑަރު ޕަރވިސް އެސްޓުޕިނަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބްރައިޓަންގެ ދެވަނަ ލަނޑު ފަހު ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ޑެނިޒް އުންޑާވް އެވެ. މިއީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ޕާސްކަލް ގްރޮސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މި މެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިކުއެޑޯގެ ޑިފެންޑަރު ޕަރވިސް އެސްޓުޕިނަން އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 36 މެޗުން އާސެނަލް އަށް 81 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 35 ކުޅެގެން ވަނީ 85 ޕޮއިންޓް ލިބިފައެވެ. ލީގުގައި ސިޓީއަށް ބާކީ ތިން މެޗު އޮތްއިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް އެޓީމަށް މިހާރު ބޭނުންވަނީ ތިން ޕޮއިންޓެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބްރައިޓަން އަށް 34 މެޗު ކުޅެގެން 58 ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.