ކޯރާކޯރާ އާއި ދަ ސްޓޭންޑާޑް ވާދަކުރި މެޗު ތެރެއިިން
ކުޅިވަރު
15 May 2023 | 01:21
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ދަ ސްޓޭންޑާޑް ބަލިކޮށް ކޯރާކޯރާ ކުއާޓާ ފައިނަލަށް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ގުރޫޕް "އޭ" ގައި މިރޭ ކުޅެވުނު މެޗުގައި ދަ ސްޓޭންޑާޑް 5-3 ގެ ނަތީޖާއަކުން ބަލިކޮށް ކޯރާކޯރާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މެޗުގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކޯރާކޯރާ އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނިޒާމް އެވެ. ދަ ސްޓޭންޑާޑް ޓީމަން މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން އަލީ ޝުކޫރު އެވެ 

ފުރަތަަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މި މެޗުގައި ދެވަނަ ފަހަރަށް ކޯރާކޯރާ އިން ލީޑު ނެގިއެވެ. މިއީ އެޓީމުގެ ގޯލްކީޕަރު އަހުމަދު މުނައްވަރު އަމިއްލަ ހާފުތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކޯރާކޯރާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ކޯރާކޯރާ އިން ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަޖުވަދު އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ދަ ސްޓޭންޑާޑް އިން އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ޝުކޫރު އެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ދެވަަނަ ފަހަރަށް ދަ ސްޓޭންޑާޑް އިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނައުޝާދު އެވެ. މި ލަނޑާއެކު 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް މެޗުގެ ފަހު ދެ މިނެޓު ތެރޭގައި ކޯރާކޯރާ އިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-3 އަށް ބަދަލުކޮށްފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިސާމް އެވެ.

ކޯރާކޯރާގެ ހަތަރު ވަނަ ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް އިސާމް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަސްވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދިނީ މެޗުގެ އެންމެ ފަހު މިނެޓްގައެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މިރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ކޯރާކޯރާ ގެ މުހައްމަދު އިސާމް އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ކުޅުނު ތިން މެޗުން ކޯރާކޯރާ އަށް 07 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގްރޫޕް "އޭ" ގެ އެއްވަނައިގައެވެ. މިގުރޫޕްގެ ދެވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ދިގަލި މޯލްޑިވްސް އެވެ. ގުރޫޕް "އޭ" އިން މި ދެޓީމަށް ވެސް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައިވާއިރު، މިގުރޫޕްގައި ދަ ސްޓޭންޑާޑް އަދި އަލީލާ ކޮތައިފަރު ވަނީ މުބާރާތުން ކަޓާފައެވެ. 

މި މުބާރާތުގައި މާދަމާރޭ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 21:00 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް "ސީ" ފުރަވެރި މޯލްޑިވްސް އާއި ޖޯލިބީއިން އެވެ. އަދި 22:00 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް "ޑީ" ގެ މީދުއްޕަރު އާއި ޔޫ އެންޑް މީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.