ޖޯލި މޯލްޑިވްސް އާއި ރީތިފަރު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
15 May 2023 | 02:31
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ތަފާތުބޮޑު ނަތީޖާއަކުން ރީތިފަރު ބަލިކޮށް ޖޯލި މޯލްޑިވްސް ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ގުރޫޕް "ބީ" ގައި މިރޭ ކުޅެވުނު މެޗުގައި ރީތިފަރު 9-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް ޖޯލި މޯލްޑިވްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޖޯލި މޯލްޑިވްސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެޓީމުން ވަނީ 06 ލަނޑު ކާމިޔާބުކޮށްފައެވެ. މިހާފުގައި އެޓީމުގެ ފުރަތަަމަ ލަނޑު އިބްރާހީމް ރިފްއަތު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަމީން އެވެ.

ފުރަތަަމަ ހާފުގައި ޖޯލި މޯލްޑިވްސްގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް އިބްރާހީމް ރިފްއަތު ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މިހާފުގައި އެޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މޫސަ ލަތީފް އެވެ.

ވެހެމުންދިޔަ ބޯވާރޭގެ ތެރޭގައި ކުޅެމުންދިޔަ ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޖޯލި މޯލްޑިވްސްގެ 07 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ޖުމާން އެވެ. އޭގެ ދެ މިނެޓު ފަހުން ރީތިފަރު ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ މުސައްވިރު އެވެ.

ޖޯލި މޯލްޑިވްސް އިން މި މެޗުގައި ކާމިޔާބުކުރި 08 ވަނަ ލަނޑު މުހައްމަދު ޖުމާން ކާމިޔާބުކޮށްދިންއިރު، އެޓީމުގެ 09 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ރިފްއަތު އެވެ. މިއީ މި މެޗުގައި އޭނާގެ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. 

ރީތިފަރު ޓީމުން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މައިސަން މުހައްމަދު އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މިރޭގެ މެޗުގައި ޖޯލި މޯލްޑިވްސްއަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިބްރާހީމް ރިފްއަތު އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ކުޅުނު ތިން މެޗުން ލިބުނު 07 ޕޮއިންޓާއެކު ގްރޫޕް "ބީ" ގެ އެއްވަނައިގައި މިވަގުތު އޮތީ ޖޯލި މޯލްޑިވްސް އެވެ. މިގުރޫޕްގެ ދެވަނައިގައި ކުޅުނު ދެ މެޗުން ލިބުނު 04 ޕޮއިންޓާއެކު އޮތީ ކުޑަފުށި އެވެ. މި ގުރޫޕުން މިދެޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުވެފައިވާއިރު، މި ގުރޫޕުގައި ހިމެނޭ ރީތިފަރު އަދި މާމުނަގައު ވަނީ މުބާރާތުން ކަޓާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.