ރައީސުލް ޖުމްހޫރިއްޔާ ގދ އަތޮޅު ކައުންސިލާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 May 2023 | 10:19
ރައީސް ޞާލިހު މޮރިޝަސްއަށް ސިޓީ ފޮނުވުން ކުށްވެރިކުރަން، އިސްތިއުފާ ދެއްވާ: ގދ އަތޮޅު ކައުންސިލް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސޮއިކުރައްވާ މޮރިޝަސްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިޓްލޮސްއިން ހުކުމް ކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ރައީސް ސޮއިކުރައްވާ އިޓްލޮސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ކަމަށާއި ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ދެކުނުން ފޯޅަވަހި ހިމެނޭ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން 200 ނޯޓިކަލް މޭލު ކަމުގައި ވާއިރު އެގޮތަށް އެކަން ބޭއްވުމަށް ރާއްޖެއިން ވަކާލާތު ކޮށްފައި ނުވާކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނުނުގައި ބަޔާންކުރާ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ދެކުނުން ފޯޅަވަހީގެ އުތުރުން އޮންނަ ސަރަހައްދުން 45331 އަކަިލޯމީޓަރު ގެއްލޭގޮތަށް އިޓްލޮސްއިން ކުރި ހުކުމުގެ ސަބަބުން މުޅި ދައުލަތަށާއި ރައްޔިތުންނަށް އަދި ހާއްސަކޮށް މަސްވެރިންނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައި ވާކަމަށް އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިންނަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ނަމޫނާ ބައެއްކަން ފާހަގަ ކުރަމުން އެ ކައުންސިލުން ބުނީ މޮރިޝަސްއަކީ އެއްވެސް ވަރަކަށް އެ ސަރަހައްދުން މަސްވެރިކަން ކުރާ ބައެއް ނޫން ކަމަށާއި އެމީހުންނަކީ ދާ އަޅައިގެން މަސް ހިފުމަށް ލައިސަންސް ދޫކުރާ ބައެއް ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ކުރާ ނަމަ ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް އެކަމުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ގދ. އަތޮޅު ކައުންސިލުން ބުންޏެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގދ އަތޮޅު ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި ކެނޑިނޭޅި މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ކޮމެންޓް
ކަޔާނޯ
މާ ގައްޑާ ނުވެބަލަ ފެނައް ބަޑި ޖަހާ ގޮލައިން. އިރެއްގަ ފުއްޕާފަ އުޅުނަސް މިހާރު ޖެހޭނީ ހަމަ ސައިޒުގަ ތިބެން
16 May 2023
ގުޅޭ ލިޔުންތައް
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.
08 Oct 2026
18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.
08 Oct 2026
ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މީގެ ކުރިން ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަން އިއުލާންކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް މި ގާނޫނަށް އަމަލު ނުކުރާކަން ފާހަގަކޮށްފައެވެ.
08 Oct 2026
އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހަފްތާގެ ބްރާސްފަތިދުވަހުގެ ހަވީރު އައްޑޫ މީދޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވުމަށް ނިންމައި، އެ މާރުކޭޓުން ގޮޅި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ
08 Oct 2026
ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ތަހުގީގު ފައިލް ބެލުމަށް ފަހު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ. ޕީޖީގެ އެ ނިންމުމާ ގުޅިގެން، ހެއްކާއި ގަރީނާ އިތުރަށް ވަޒަންކުރުމަށް ފަހު ފުލުހުން ވެސް މައްސަލަ ވަނީ ނިންމާފައެވެ.
08 Oct 2026
އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ
ޒަމާނީ ވަސީލަތްތަކާއި ހާއްސަ ތަޖުރިބާކާރުން ބިނާކުރުމުގެ އިތުރުން، ކުރީ މަރުހަލާގައި ކެންސަރުގެ ނިޝާންތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވެން ހުރި ފުރުސަތުތައް ފާހަގަކުރައްވައި، އެ ޓެކްނޮލޮޖީ ރަނގަޅަށް ބޭނުންކުރެވޭ ވަރުގެ ސިއްހީ ދާއިރާގެ އިލްމީ ހުނަރުވެރީން ތަމްރީނުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
08 Oct 2026
ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.