ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން--ފޮޓޯ/ވޮއިސް
ހަބަރު
15 May 2023 | 11:36
"ރާއްޖެއަކީ، ކަނޑުން ބައެއް ދޫކޮށްލުމަށްފަހު ސަރުކާރުން އެކަމާ އުފާކުރާ ހަމައެކަނި ގައުމު"

ރާއްޖެއަކީ، ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށްފަހު ސަރުކާރުގެ ވެރިން އެކަމާ އުފާކޮަށް އެއީ ކާމިޔާބީއެއް ކަމަށް ބުނާ ހަމައެކަނި ގައުމު ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. 

ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލަ ދިވެހިރާއްޖެއިން ވަކާލާތު ކުރިގޮތަށް ނިމިގެން ދިޔުމުން ސަރުކާރުން އެކަމާއި މެދު އުފާކޮށް، އެއީ ކާމިޔާބީއެއް ކަމަށް  ސިފަކޮށް އަންނަނީ ވާހަކަ ދައްކަމުންނެވެ. 

އެކަމާއި ގުޅިގެން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރަހައްދުން ބައެއް އެހެން ގައުމަކަށް ދޫކޮށްލުމަށްފަހު އެކަމާ އުފާ ކުރާ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށެވެ. އެހެންނަމަވެސް، އިޓްލޮސް އިން 28 އޭޕްރިލް ވަނަ ދުވަހު އެ ނިންމި ނިންމުން ދިވެހިން ގަބޫލުނުކުރާނެ ކަމަށާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް އެކަމާއި ގުޅިގެން ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ދުންޔާ ވިދާޅުވި އެވެ. 

ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން ހުށަހެޅި މައްސަލާގައި ދިވެހިންނަށް ލިބުނީ ކާމިޔާބީއެއް ކަމަށް ސަރުކާރުން ބުނި ކަމުގައި ވިޔަސް، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހިންގެ ސަރަހައްދު ކަމުގައި ކަނޑައަޅާފައިވާ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 45،331 އަކަ މީޓަރު ވަނީ ގެއްލިފައި ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. 

އަދި ކަނޑުގެ ސަރަހައްދުން އެ ގެއްލުނުބައި ދެން އަންނަ ވެރިކަމެއްގައި ހޯދާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ހީލާ
މަންޖެގެ ބައްޕަގެ ދައުރުގައި މަލިކު ދިވެހިންގެ އަތުންދޫކޮށްލާފާ ތިތިބީ ހެވިފާ ކޮބާ ދިވެހިންގެ މަލިކު ކޮބާ އޭރު ގޮވާލާނެބައަކުނެތް މިހާރު މިންޖެ އަގަފަޅާފާ ތިޔޮތީދޯ
15 May 2023
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.