ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި މެރިން މާސްޓާރސްގެ ޝޯރޫމް މެނޭޖަރު އިބްރާހިމް ފަޒީލް
ކުޅިވަރު
15 May 2023 | 16:01
ރިސޯޓް ލީގު 2023 ގެ އޮފިޝަލް މެރިން ޕްރޮޑަކްޓްސް ޕާޓްނަރަކަށް މެރިން މާސްޓާރސް!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އޮފިޝަލް މެރިން ޕްރޮޑަކްޓްސް ޕާޓްނަރަކަށް މެރިން މާސްޓާރސް ހަމަޖައްސައިފިއެވެ.

މުބާރާތުގެ އޮފިޝަލް މެރިން ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ. މެރިން މާސްޓާރސް ގެ ފަރާތުން ސޮއިކުރެއްވީ ޝޯރޫމް މެނޭޖަރު އިބްރާހިމް ފަޒީލް އެވެ.

މެރިން މާސްޓާރސް އަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ "މެރިން އިކުއިޕްމެންޓްސްގެ ދަށުން ހުޅުމާލޭގައި ހުޅުވި ފިހާރައެކެވެ. މި ފިހާރަ ހުޅިވިފައި މިވަނީ މެރިން އިކުއިޕްމަންޓްސް އިން ކަނޑު އުޅަނދުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ 15 އަހަރުގެ ތަޖުރިބާއާއި އެކު،  ކަސްޓަމަރުންނަށް ބޭނުންވާ އެންމެ ފުރިހަމަ ހިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

މެރިން އިކުއިޕްމެންޓްސްގެ މާލޭގެ ފިހާރައިން ލިބޭ ތަކެތި މެރިން މާސްޓާރ ޝޯ ރޫމް އިން ވެސް އެއް އަގެއްގައި ލިބެން ހުންނާނެއެވެ. އަދި މެރިން މާސްޓަރ ޝޯވ ރޫމް އިން ލިބެންހުރި ބައެއް ސާމާނުތަކުގެ ތެރޭގައި ޖީޕީއެސް، ފިޝް ފައިންޑާ އިތުރުން މެރިންގަ ބޭނުންވާނެ ހާޑްވެއާ، އެންޓިފޯލިން، ސަމުގާ، ދުރުމި، ޑީސީ އިލެކްޓިކް ސާމާނު އަދި އެކި ވައްތަރުގެ ލައިޓްސް ހިމެނެއެވެ.

މިއަހަރުގެ މުބާރާތުގެ ނޯތު މާލޭ ޒޯނުގެ ކުޅުން، ވަން އެންޑް އޮންލީ ރީތިރަށުގައި މިއަދު ފެށިގެން ކުރިއަށް ދާއިރު، މި މުބާރާތް ހަތަރު މަސް ދުވަހަށް ދިގުދެމިގެންދާއެވެ. އަދި 8 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައި ވެސް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް ރިސޯޓެއްގައެވެ.

މި އަހަރުގެ މުބާރާތުގައި ވެސް 100 އަށްވުރެ ގިނަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ހުރިހާ މެޗެއް ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް މުބާރާތުގެ މެޗުތަކުގެ މެން އޮފް ދަ މެޗަށް ހޮވޭ ފަރާތަކަށް އެވޯޑްގެ އިތުރުން ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.