ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 May 2023 | 18:37
ކޯޓުތަކުގައި ރައީސް ޔާމީންގެ މައްސަލަ ދިގު ދަންމަނީ ރައީސް ޞާލިހުގެ އޯޑަރަށް: އިދިކޮޅު

ކޯޓުތަކުގައި ޕީޕީއެމްގެ ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމުުގެ މައްސަލަތައް ދިގުދަންމަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އޯޑަރަށްކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކޮށްފި އެވެ. 

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރިތާ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު، މިހާތަނަށް އެންމެ އަޑުއެހުމެއް ވެސް ބާއްވާފައި ނުވާތީ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގަންނަވާފަ އެވެ. އަދި އެ މައްސަލަ އޮތް ހިސާބެއް ސާފުކުރުމަށް މަސައްކަތްކޮށްފަ އެވެ. 

ހައިކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އެ މައްސަލައާއި ގުޅިގެން މައުލޫމާތު ދިނުމަށް ހައިކޯޓުގެ ރަޖިސްޓްރާ އެބޭފުޅުންނާއި ބައްދަލުކުރައްވާފައި ނުވާ ކަމަށެވެ. 

އެހެން ނަމަވެސް މިހާރު އެ މައްސަލަ އޮތީ ރެޖިސްޓަރާގެ އަތްޕުޅުގައި ނޫން ކަމަށާއި، ކަމާ ގުޅޭ ސެކްޝަނަކަށް އެ މައްސަލަ ފޮނުވިފައިވާ ކަމަށް ހައިކޯޓުން ބުނެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އާރަށުގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ފެށޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭކަމަށް ހައިކޯޓުން މައުލޫމާތު ދީފައިވާ ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިންގެ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތު އިންތިހާއަށް ބޮޑު މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި ކޯޓުން އަމަލުކުރަމުންދާ ގޮތުން ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތް ކަމަށާއި، އެހެން ކޯޓުތަކުގައި ވެސް ރައީސް ޔާމިނުގެ މައްސަލަތައް އޮތް އިރު، މައްސަލަތަ ދަންމަނީ ރައީސް ޞާލިހުގެ އޯޑަރަށް ކަމަށް ޤަބޫލުފުޅު ކުރެވޭ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ހަމަ ދަންނަވަން ޖެހޭނީ މީ ކޯޓަކަށް އިހާނެތި ބަހެއް ދަންނަވާކަށް ނޫން، އެކަމަކު މި ކަންކަން ހިނގަމުންދަނީ (ކޯޓުތަކުން ރައީސް ޔާމިންގެ މައްސަލަ ދިގު ދަންމަނީ) ރައީސް ޞާލިހުގެ އޯޑަރަށްކަމަށް ޤަބޫލުކުރެވެނީ. އެހެން ނޫން ނަމަ މިއީ މިހާ ދިގުދެމިގެން ގޮސްގެންވާނެ މައްސަލަތަކެއްކަމަށް ޤަބޫލެއް ނުކުރެވޭ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އާރަށުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ވަނީ މިދިޔަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ރަޖިސްޓާކޮށްފަ އެވެ. 

އެހެން ނަމަވެސް މިހާތަނަށް އެ މައްސަލައާއި ގުޅޭ އެންމެ އަޑުއެހުމެއް ވެސް ބާއްވާފައި ނުވާއިރު، އެ މައްސަލަ ލަސްކުރުމަކީ ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރުމަށް ރައީސް ޔާމިނަށް ލިބޭ ހައްގަށް އުނިކަން ލިބޭނެ ކަމެއްކަމަށް އިދިކޮޅުން ގެންދަނީ ބުނަމުންނެވެ. 

އެ މައްސަލައިގެ އިތުރުން ފުއްގިރި މައްސަލައާއި ގުޅޭ އިސްތިއުނާފީ މައްސަލައެއް މިހާރު ސުޕްރިމް ކޯޓުގައިވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެ މައްސަލައަކީ ފުއްގިރި މައްސަލައިގެ ޝަރިއަތުގެ ކުރިން ހުށައަޅާ ލިޔުންތަކާއި ގުޅިގެން ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައަޅާފައިވާ މައްސަލައެކެވެ. 

އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމިފައިވާއިރު، މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ މިއަދާއި ހަމަޔަށް މައްސަލަ ބަލާ ނިންމަވާނެ ކަމަށެވެ. 

ކޮމެންޓް
އަލިހޮއްކޮ
އެއް ދުވަހު ބުނާނެ ފަޓާސް ބަރިއެއްހެން ގެންދަނީއެވެ. އަނެއްފަހަރު ތިޔަ އުޅެނީ ލަސަވެގެންނެވެ. ޔާމީންއަށް އެއުލެނީ އަވަސްކަމުން ކޯޕް ނުކުރެވިގެންނެވެ. ދުނިޔޭގައިވެސް އަނިޔާވެރިންނަށް ޖަޒާ ދެއްވާކަމުގެ ފުރިހަމަ މިސާލެކެވެ.
15 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް