ދާއިރާތަކަށް އިސްމެޖިސްޓްރޭޓުން އައްޔަނުކޮށް ފަތްކޮޅު އެރުވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ޖޭއެސްސީ
ހަބަރު
15 May 2023 | 19:11
5 ދާއިރާއެއްގެ އިސްމެޖިސްޓްރޭޓް ކަމަށް ބޭފުޅުން އައްޔަނުކޮށް ފަތްކޮޅު އަރުވައިފި


5 ޖުޑިޝަލް ދާއިރާއެއްގެ، އިސްމެޖިސްޓްރޭޓް ކަމަށް 5 ބޭފުޅުން އައްޔަނުކޮށް ފަތްކޮޅު އަރުވައިފިއެވެ.

މި 5 ބޭފުޅުންނަށް ފަތްކޮޅު އަރުވައިފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަންގައި ބޭއްވުނު ރަސްމިއްޔަތެއްގައެވެ. އެބޭފުޅުންނަށް ފަތްކޮޅު އަރުވައިފައިވަނީ ކޮމިޝަނުގެ ރައީސް ޙިސާން ހުސައިންއެވެ.

އެގޮތުން، ށ. ޖުޑީޝަލް ދާއިރާއަށް ޢައްޔަންކޮށް ފަތްކޮޅު އަރުވައިފައިވަނީ  ށ.މިލަންދޫ، ކެތީހައުސް، އަލްއުސްތާޛު ޙަސަން ޝިޔާމްއެވެ. އަލްއުސްތާޛު ޙަސަން ޝިޔާމް މި މަގާމަށް އައްޔަނު ކުރެވުމުގެ ކުރިން ހުންނެވީ ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ. ޝިޔާމް ފަނޑިޔަރެއްގެ ގޮތުގައި އައްޔަނު ކުރެވިފައިވަނީ 2010 މޭ 30 ވަނަ ދުވަހުއެވެ.

މިއަދު ފަތް ކޮޅުއެރުވުނު އަނެއް ބޭފުޅަކީ 1996 ފެބްރުއަރީ 13 ވަނަ ދުވަހު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ނ.ޅޮހީ، ސަންޝައިން، އަލްއުސްތާޛު އަޙްމަދު ޙަސަން މަނިކުއެވެ. އޭނާ އައްޔަނު ކުރައްވާފައިވަނީ ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށެވެ. ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނުއިރު އަލްއުސްތާޛު އަޙްމަދު ޙަސަން ހުންނެވީ ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.

ބ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ކޮމިޝަނުން ޢައްޔަންކުރުމަށް ނިންމަވާ ފަތްކޮޅު އަރުވާފައިވަނީ ބ.މާޅޮސް، ނަފާޕެލަސް، އަލްއުސްތާޛު ޢަބްދުއްރަޝީދު ޔޫސުފްއަށެވެ.  އެބޭފުޅާއަކީ 1995 އިން 1998 އަށް ފަނޑިޔާރުކަން ކުރެއްވައި، މަގާމުން ދުރުވެވަޑައި ގަތުމަަށްފަހު، 2013 ޖަނަވަރީ 08 ވަނަ ދުވަހު އަލުން ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވާ ބޭފުޅެކެވެ. މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން މި ބޭފުޅާ ހުންނެވީ ބ.މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.

މީގެ އިތުރުން މިއަދު ފަތް ކޮޅު އަރުވައިފައިވަނީ ބ.ކިހާދޫ، ގާރޑެނިޔާވިލާ، އަލްއުސްތާޛު ޢަލީ ނަޞީރުއަަށެވެ. ނަޞީރު އައްޔަނު ކުރައްވާފައިވަނީ ވ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށެވެ.  މީގެ ކުރިން ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގައި ހުންނެވި  ނަޞީރުއަކީ 1994 އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ބޭފުޅެކެވެ.  

މ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކޮށް ފަތްކޮޅު އަރުވައިފައިވަނީ މ.ކޮޅުފުށި، ލިލީމާގެ، އަލްއުސްތާޛު އަޙްމަދު ނަޖީބު އަށެވެ. މި މަޤާމަށް އައްޔަނު ވުމުގެ ކުރިން  ނަޖީބު ހުންނެވީ މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްއެއްގެ ގޮތުގައެވެ. އަލްއުސްތާޛު އަޙްމަދު ނަޖީބު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ، 2003 މާރިޗު 23 ވަނަ ދުވަހުއެވެ.





ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ