ހުވަފެންފުއްޓާއި އޯގަ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
15 May 2023 | 19:02
ރިސޯޓް ލީގު 2023: ފަހަތުން އަރައި އޯގައިން, ހުވަފެންފުށި މޮޅުވިޔަނުދީ ހިފަހައްޓައިފި!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، ގުރޫޕް "އޭ" ގައި ހުވަފެން ފުއްޓާއި އޯގަ ވާދަކުރި މެޗު 5-5 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

ވަން އެންޑް އޮންލީ ރީތިރަށުގައި މިއަދު ހަވީރު ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ހުވަފެން ފުށުން ހަތަރު ލަނޑު ކާމިޔާބުކުރި އިރު، މިހާފުގައި އޯގައަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އޯގަ ޓީމުގެ ކީއްޕަރަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ހުވަފެން ފުށިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިދުއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ ޝާހިލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ހުވަފެން ފުށީގެ ތިން ލަނޑު ފުރަތަަމަ ހާފުގެ 13 ވަނަ މިނެޓުގައި އަތީދު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒައިން އެވެ. ފުރަތަަމަ ހާފުގައި އޯގަ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެންމެ ފަހުން މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން ޝާފީއެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ހުވަފެންފުށި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަަމަ މިނެޓުގައި ހުވަފެންފުށިން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިދުއެވެ. 5-1 ގެ ނަތީޖާއަކުން ހުވަފެންފުށި ކުރީގައި އޮއްވައި ފަހަތުން އަރައި އޯގަ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ ފަހު 08 މިނެޓް ތެރޭގައި 04 ލަނޑު ކާމިޔާބުކޮށްގެންނެވެ.

ދެވަަނަ ހާފްގައި ވެހެމުންދިޔަ ބޯވާރޭގެ ތެރޭގައި އޯގައިގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަންބަރު 11 މުހައްމަދު އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ޝާފީއެވެ. އަދި މެޗުގެ އެންމެ ފަހު ދެ މިނެޓު ތެރޭގައި އެޓީމުގެ ޖޯޒީ ނަމްބަރު 13 މުޚުތާރު ވަނީ ދެ ލަނޑު ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އޯގައިގެ ހުސެއިން ޝާފީއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.