ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަޝިޕް ޙަވާލުކުރުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 May 2023 | 22:00
މަތީ ތައުލީމަށް ކުރާ ޚަރަދަކީ ދުރު ރާސްތައަށް އަމާޒުކޮށް ކުރާ އިންވެސްޓެއް: ރައީސް ޞާލިޙް

މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން ކަމަށާއި، އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން. އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަޝިޕް ޙަވާލުކުރުމުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން ކަމަށެވެ. އަދި އެއީ  އޭގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބެމުންދާނެ ވަރަށް އަގުހުރި މަސައްކަތެއް ކަަމަށް ރައީސް ވިދާޅުވިއެެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ  ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށް ވުރެ މަތީ ނިސްބަތަކީ ޒުވާނުން ކަމަށާއި، އަދި އެއީ ޤައުމުގެ ތަރައްޤީގެ ހުންގާނު ހިފަން ތިބި މީހުން ކަމަށެވެ. އެހެންކަމުން، އަޅުގަނޑުމެން ތަޢުލީމީ ދާއިރާއިން މި ފަހިކޮށްދޭ ފުރުޞަތުތަކުގެ އަމާޒަކީ، ޤައުމަށް ބޭނުންތެރި އަދި ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް ބިނާކުރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިކަމުގައިވެސް އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުއަޅަމުން މިއަންނަނީ، މިންތީ އެއްވެސް ތަފާތެއް ނެތި ކަމަށާއި، މިރޭ ސްކޮލަޝިޕް ޙާޞިލުކުރި 155 ދަރިވަރުންގެ ތެރޭގައިވެސް، 102 އަންހެން ކުދިން ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

މިއީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފާ މިންވަރު އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތިޔަ ދަރިވަރުންނާ މެދު މި ޤައުމު ކުރާ ވަރަށް ގިނަ އުންމީދުތަކެއް އެބަހުރި. ތިޔަ ކުދިންނަކީ ޤައުމު ދެކެ ލޯބިވާ، އަދި ޤައުމީ ތަރައްޤީގެ ޒިންމާތައް އުފުލުމަށް ތައްޔާރަށް ތިބި ޒުވާނުންތަކަކަށް ވުން، ތިޔަ ކުދިންގެ ކިބައިގައި އެ ޤާބިލުކަމާއި އެ ހިތްވަރު އެބަހުރިކަން، ތަޢުލީމީ ރޮނގުން ތިޔަ ކުދިން ޙާޞިލުކުރި މަތީ ވަނަތަކުން ސާބިތުވޭ" 

ރައީސް ޞާލިޙް މިރޭ ސްކްލަރޝިޕް ހާސިލް ކުރި ދަރިވަރުންނާއި މުޚާތަބު ކޮށް ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެދަރިވަރުންނަކީ ސަރުކާރުން މިހާރު ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، މި ޤައުމު ބިނާކުރާނެ ކުދިންކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ރަސްމީ ތަޢުލީމުގެ މުޅި ތާރީޚަށް ބަލާއިރުވެސް، މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތްހާ ގިނަ ފުރުޞަތުތައް މިހާރު އެބަ އޮތް ކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވެވިއެވެ. އަދި މިއިން ޒަމާނަކުވެސް، ބޭރު ޤައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުން މިހާރު ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭ ކަމަށެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަޝިޕް ޙަވާލުކުރުމުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން ކަމަށެވެ. އަދި އެއީ  އޭގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބެމުންދާނެ ވަރަށް އަގުހުރި މަސައްކަތެއް ކަަމަށް ރައީސް ވިދާޅުވިއެެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ  ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށް ވުރެ މަތީ ނިސްބަތަކީ ޒުވާނުން ކަމަށާއި، އަދި އެއީ ޤައުމުގެ ތަރައްޤީގެ ހުންގާނު ހިފަން ތިބި މީހުން ކަމަށެވެ. އެހެންކަމުން، އަޅުގަނޑުމެން ތަޢުލީމީ ދާއިރާއިން މި ފަހިކޮށްދޭ ފުރުޞަތުތަކުގެ އަމާޒަކީ، ޤައުމަށް ބޭނުންތެރި އަދި ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް ބިނާކުރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިކަމުގައިވެސް ކުރިއަށް ފިޔަވަޅުއަޅަމުން މިއަންނަނީ، މިންތީގެ އެއްވެސް ތަފާތެއް ނެތި ކަމަށާއި،  މިރޭ ސްކޮލަޝިޕް ޙާޞިލުކުރި 155 ދަރިވަރުންގެ ތެރޭގައިވެސް، 102 އަންހެން ކުދިން ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. މިއީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފާ މިންވަރު އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތިޔަ ދަރިވަރުންނާ މެދު މި ޤައުމު ކުރާ ވަރަށް ގިނަ އުންމީދުތަކެއް އެބަހުރި, ތިޔަ ކުދިންނަކީ ޤައުމު ދެކެ ލޯބިވާ، އަދި ޤައުމީ ތަރައްޤީގެ ޒިންމާތައް އުފުލުމަށް ތައްޔާރަށް ތިބި ޒުވާނުންތަކަކަށް ވުން، ތިޔަ ކުދިންގެ ކިބައިގައި އެ ޤާބިލުކަމާއި އެ ހިތްވަރު އެބަހުރިކަން، ތަޢުލީމީ ރޮނގުން ތިޔަ ކުދިން ޙާޞިލުކުރި މަތީ ވަނަތަކުން ސާބިތުވޭ"  

ރައީސް ޞާލިޙް މިރޭ ސްކޮލަރޝިޕް ހާސިލް ކުރި ދަރިވަރުންނާއި މުޚާތަބު ކޮށް ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެދަރިވަރުންނަކީ ސަރުކާރުން މިހާރު ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، މި ޤައުމު ބިނާކުރާނެ ކުދިންކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. ރާއްޖޭގެ ރަސްމީ ތަޢުލީމުގެ މުޅި ތާރީޚަށް ބަލާއިރުވެސް، މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތްހާ ގިނަ ފުރުޞަތުތައް މިހާރު އެބަ އޮތް ކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވެވިއެވެ. 

އަދި މިއިން ޒަމާނަކުވެސް، ބޭރު ޤައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުން މިހާރު ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ