ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި މެޓްކޮން ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ އޮފް ފައިނޭންސް އަބްދުﷲ މިއުވާން ޝަރީފް
ކުޅިވަރު
15 May 2023 | 22:50
ރިސޯޓް ލީގު 2023 ގެ އޮފިޝަލް ސަސްޓެއިނަބިލިޓީ ޕާޓްނަރަކަށް މެޓްކޮން!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް "ރިސޯޓް ލީގު 2023" ގެ އޮފިޝަލް ސަސްޓެއިނަބިލިޓީ ޕާޓްނަރަކަށް މެޓްކޮން ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

މުބާރާތުގެ އޮފިޝަލް ސަސްޓެއިނަބިލިޓީ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ. މެޓްކޮން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އޮފް ފައިނޭންސް އަބްދުﷲ މިއުވާން ޝަރީފް އެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން މެޓްކޮން ގެ ޑައިރެކްޓަރ އޮފް ފައިނޭންސް އަބްދުﷲ މިއުވާން ޝަރީފް ވިދާޅުވީ މެޓްކޮމް އަކީ ދިވެހިރާއްޖޭގައި އިންޖިނިއަރިން ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި  2019 ވަނަ އަހަރު އުފެދިގެން އައި ކުންފުންޏެއް ކަމަށެވެ. އަދި މި ކުންފުނިން ދޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކިއެކި ރަށްތަކަށް ދިމާވާ ރަށް ގިރުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުގެ އަލީގައި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ޑިޒައިންތައް ތައްޔާރުކުރުން ހިމެނެއެވެ.

މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކުގެ އުމްރާނީ ވަސީލަތްތަކުގެ ކޮންޑިޝަނަލް އެސެސްމަންޓް ތައްޔާރުކޮށް، މިފަދަ ތަންތަން މަރާމާތުކޮށް ދިގުމުއްދަތަކަށް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތަފްސީލް ރިޕޯޓް ތައްޔާރުކުމާއި، އެފަދަ ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ބޭނުންވާ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ދިނުން ހިމެނެއެވެ.

މެޓްކޮން އުފެއްދުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުގެ އުމްރާނީ ވަސީލަތްތަކާއި ގޮނޑުދޮށް ހިމާޔަތްކުރަން ކުރާ އެކި އެކި ވަގުތީ މަސައްކަތްތަކުގެ ބަދަލުގައި، މި މައްސަލަތަކަށް ތަޖުރިބާކާރު އިންޖީނިއަރުން މެދުވެރިކޮށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާނޭދެވޭ އަސަރު ކުޑަކޮށް ބޭކާރު ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ މެޓްކޮން ގެ އަމާޒަކީ މި ކުންފުނިން ހުށަހަޅާ ހައްލުތަކަކީ ތިމާވެއްޓާއި ރައްޓެހި ޚިދުމަތް ހޯދާފަރާތައް އެންމެ ފައިދާކުރުވަނިވި، އެންމެ އެކަށީގެންވާ ހައްލުކަމުގައި ވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.