ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި ބީއެމްއެލް އިސްލާމިކްގެ ފާރިހް ފަހުމީ (ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖީ ޑިޕާޓްމަންޓް)
ކުޅިވަރު
16 May 2023 | 04:26
ރިސޯޓް ލީގު 2023 ގެ މެއިން ސްޕޮންސަރ އަކަށް ބީއެމްއެލް އިސްލާމިކް!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް "ރިސޯޓް ލީގު 2023" ގެ މެއިން ސްޕޮންސަރ އަކަށް ބީއެމްއެލް އިސްލާމިކް ހަމަޖައްސައިފިއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ އެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ. އަދި މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކްގެ ފަރާތުން ބައިވެރިވެލެއްވީ ފާރިހް ފަހުމީ ( ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖީ ޑިޕާޓްމަންޓް ) އެވެ.

ބީއެމްއެލް އިސްލާމިކްގެ ފަރާތުން ވޮއިސް އަށް މައުލޫމާތު ދެއްވަމުން ފާރިހް ފަހުމީ ވިދާޅުވީ ބީއެމްއެލް އިސްލާމިކްއަކީ ޝަރީޢާ ހުއްދަކުރާ އުސޫލްތަކުގެ މަތިން އިސްލާމިކް ބޭންކިންގ ގެ ޚިދުމަތް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ބޭންކެވެ. އަދި އަޅުގަނޑުމެންގެ ފޯރުކޮށްދޭ ޚިދުމަތްތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި، ބޭންކުގެ ޝަރީޢާ އެޑްވައިޒަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލެވި، ރާއްޖޭގެ ހުރިހާ ހިސާބަކުން  ފަސޭހަކަމާއި އެކީ ލިބިގެންދާ ހިދުމަތްތަކެކެވެ.

ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކުންނާއި، އޭޓީއެމް އާއި ޕީއޯއެސް ޓާމިނަލްތަކުން  އަދި ބީއެމްއެލް އިންޓަނެޓް ބޭންކިންގ އާއި މޮބައިލް ބޭންކިންގ މެދުވެރިކޮށް ވެސް ލިބޭ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތަކަށް ބަލާއިރު އާންމު ފަރުދުންނަށް އަދި ވިޔަފާރިތަކަށް ޚާއްސަކުރެވިފައިވާ ޚިދުމަތްތަކެއް އެބަހުއްޓެވެ. މިގޮތުން ބީއެމްއެލް އިސްލާމިކް އިން ކަރަންޓް، ސޭވިންގ އަދި އިންވެސްޓްމަންޓް އެކައުންޓްގެ ޚިދުމަތް ލިބިލައްވާނެއެވެ.

މީގެ އިތުރުން ފައިނޭންސިންގ އަށް ބަލާއިރު، ގެދޮރު ޢިމާރާތް ކުރުމަށް އަދި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ފުލެޓް، އެޕާޓްމަންޓް އަދި ރޯހައުސް ފަދަ ގެދޮރު އިސްލާމިކް އުސޫލްތަކުގެ މަތިން ގަތުމަށް އަޅުގަނޑުމެން ފައިނޭންސް އެބަ ކޮށްދެމެވެ. އަދި އަޅުގަނޑުމެންގެ ބީއެމްއެލް އިސްލާމިކް ޕާރސަނަލް ފައިނޭންސިންގ އިން 1.2 މިލިއަން ރުފިޔާއާއި ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ ނެގޭނެއެވެ. އަދި މިޚިދުމަތަށް އޮންލައިންކޮށް ބީއެމްއެލް އިންޓަނެޓް ބޭންކިންގ އާއި މޮބައިލް ބޭންކިންގ މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

މީގެ އިތުރުން ބީއެމްއެލް އިސްލާމިކް އިން ވިޔަފާރި ފެށުމަށް، ވިޔަފާރި ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އަދި މިނޫންވެސް ޝަރީއާ ހުއްދަކުރާ ވިޔަފާރީގެ ފައިނޭންސްކޮށްދެމެވެ. އަދި ޝަރީއާ ހުއްދަކުރާ އުޞޫލުން ތަކުގެ މަތިން ރާއްޖޭގައި ފޯރުކޮށްދޭ ހަމައެކަނި އިސްލާމިކް އޯވަރޑްރާފްޓްގެ ފައިނޭންސިންގް އަދި ވިޔަފާރީގެ ޚަރަދުތައް ހަމަޖެއްސުމަށް ކޭޝް ފައިނޭންސިންގ ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިލައްވާނެއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފާރިހް ވިދާޅުވީ ރިސޯޓް ލީގަކީ ރާއްޖޭގެ ރިސޯޓްތަކުގެ ސްޓާފުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. އަދި ފުޓްސަލް އަކީ ރާއްޖޭގެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަކަށްވެފައި، އަޅުގަނޑުމެން އުންމީދުކުރަނީ މި މުބާރާތުގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުން ހުނަރު ދައްކާލުމަށް ލިބިގެންދާނެ ރަގަޅު ފުރުސަތަކަށް މި މުބާރާތް ވެގެން ދިއުމެވެ. އަދި މި މުބާރާތުގެ ސްޕޮންސަރ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު އުފަލެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.