ޖޯލިބީއިންގެ އަބްދުﷲ ހަނީފް ރޭގެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރި
ކުޅިވަރު
16 May 2023 | 05:33
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ގުރޫޕް "ސީ" ގެ އެއްވަނަ ޖޯލިބީއިން އަށް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ގުރޫޕް "ސީ" ގައި ރޭ ކުޅެވުނު މެޗުގައި 6-3 ގެ ނަތީޖާއަކުން ފުރަވެރި މޯލްޑިވްސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޖޯލިބީއިން ހޯދައިފިއެވެ.

މުބާރާތް ފެށުނުއިރު މި ގުރޫޕުގައި ތިން ޓީމު ހިމެނުނު ނަމަވެސް މި ގުރޫޕުގައި ހިމެނޭ ކޮއްޓެފަރު މުބާރާތުގެ ގަވާއިދާއި ޚިލާފަށް ޓީމު ލިސްޓުގައި ކުޅުންތެރިއަކު ހިމަނާފައި އޮތުމުން، މުބާރާތުގެ ހިންގާ ކޮމިޓީން އެމައްސަލައިގައި ނިންމި ނިންމުމާއި މެދު ހިތްހަމަނުޖެހި އެޓީމު ވަނީ މުބާރާތުން ވަކިވެފަ އެވެ.

ވުމާއެކު މިގުރޫޕްގައި ބާކީ އޮތް ދެޓީމުގެ ކޮއްޓެއްފަރާއެކު ކުޅެން އޮތް މެޗުން އެދެޓިމު މޮޅުވިކަމަށް ނިންމައި، ކޮންމެ ޓީމަކަށް ތިން ޕޮއިންޓާއެކު ފައިދާ ދެގޯލުވަނީ ދީފައެވެ. ގްރޫޕް "ސީ"ގައި ބާކީ އޮތް ދެޓީމު އޮޓެމެޓިކުން ކުއާޓާ ފައިނަލަށް ކޮލިފައިވެފައިވާއިރު، މި ގުރޫޕުގެ އެއްވަނަ ކަނޑައެޅުމަށް މި ދެޓީމުގެ މެދުގައި ވަނީ ދެ މެޗު ކުޅެފައެވެ.

ފުރަތަަމަ މެޗު 13-2 ތަފާތުބޮޑު ނަތީޖާއަކުން ޖޯލިބީއިން ކާމިޔާބުކުރި އިރު، ދެވަަނަ މެޗުން އެޓީމު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 6-3 ގެ ނަތީޖާއަކުން ނެވެ.

މިރޭގެ މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޖޯލިބީއިން އެވެ. މިލަނޑު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ ހަނީފް އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ހަނީފް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެޗުގައި ޖޯލިބީއިންގެ ތިން ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ އަބްދުﷲ ހަނީފް އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ހަނީފް އެވެ.

ފުރަވެރި މޯލްޑިވްސް އިން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ޝައުލާން އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ޖޯލިބީއިން ކުރީގައި އޮވެގެންނެވެ.

ފުރަތަަމަ ހާފުގައި ޖޯލިބީއިން އިން ފޮނުވާލި ގިނަ ހަމަލާތަކެއް ފުރަވެރި މޯލްޑިވްސް ގެ ކީއްޕަރު ދިފާއުކުރިއިރު، ދެވަަނަ ހާފުގެ ފުރަތަމަ މިނެޓުގައި ފުރަވެރި މޯލްޑިވްސް އިން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝައުލާން އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޝައުލާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ޖޯލިބީއިންގެ ފަސްވަނަ ލަނޑު ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ސާދިން އެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ރުޝްދާން އަބްދުލް ޝުކޫރު އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖޯލިބީއިންގެ އަބްދުﷲ ހަނީފް އެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.