ރައީސް ނަޝީދުއާއި ރޮޒައިނާ އާދަމް--
ހަބަރު
16 May 2023 | 15:54
ރޮޒެއިނާ، ރައީސް ނަޝީދަށް މަޖިލީހުގެ ގަވާއިދުގައި ކަންކަން އޮންނަގޮތް ސާފުކޮށްދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ގަވާއިދުގައި ކަންކަން ކުރަން އޮންނަ ގޮތް ސާފުކޮށްދެއްވައިފިއެވެ. 

މަޖިލީހުގެ ދާއިިމީ ކޮމިޓީތަކަށް އެމްޑީޕީން އައްޔަންކޮށްފައިވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުން އެދި އެ ޕާޓީން މަޖިލީހަށް ހުށަހެޅި ނަމަވެސް އެހުށަހެޅުމަށް އަމަލު ނުކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން، ނަޝީދު މިއަދު މަޖިލީހުގެ ވަޓްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަހާ ހިނދަކު މެންބަރުންގެ އެދުމާއި އަދި ރުހުމާއި ނުލައި މަޖިލީހުގެ އެއްވެސް ކޮމެޓީއަކުން އެއްވެސް މެންބަރަކު ވަކިނުކުރެވޭނެ ކަމަށެވެ. އަދި "މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތައް ހިންގަވަން އޮންނަތަނެއް ނޫން" ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެވާހަކަތަކަށް ފާޑުވިދާޅުވެ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ލުމާއި، ވަކިކުރުމަކީ، މަޖިލީހުގެ ރައީސް އަށް އޮންނަ ބާރެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ އެ މެންބަރަކު ހިމެނޭ ސިޔާސީ ޕާޓީއަށް އޮންނަ ބާރެއް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި އެކަން އޮންނަ ގޮތް ހާމަކުރާ ސަފްހާ ތަކުގެ ފޮޓޯ އާއިއެކު ކުރެއްވި އެ ޓުވީޓުގައި ރޮޒައިނާ އިތުރަށް ވިދާޅުވީ ކޮމިޓީތަކުން މެންބަރުން ވަކިކުރުމާއި ލުމުގައި އަމަލުކުރަންވީގޮތް އޭގައި ސާފުކޮށް އެނގެން އޮތް ކަމަށެވެ. 

މިއާއެކު އޭނާ ވަނީ ރައީސް ނަޝީދު އެހާ ހަޑިކޮށް ނޫޅުއްވުމަށް އެމަނިކުފާނުގެ އަރިހުން އެދިލައްވާފައެވެ. 

މަޖިލީހުގެ ގަވައިދުގައި ބުނެފައި އޮންނަނީ މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ހުށަހަޅާނީ މެންބަރުން ނިސްބަތްވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ކަމަށެވެ. މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތަކީ ވެސް ޕީޖީ ލީޑަރު ކޮމެޓީއަކަށް ބަދަލެއް ގެންނަން އެދުމުން މަޖިލީހުގެ އިދާރާ އިން އެބަދަލު ގެނެސް، ޖަލްސާއެއްގައި ރިޔާސަތުން އެކަން އިއުލާން ކުރުމެވެ.

ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ ކޮމެޓީ ބަދަލު ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅި ބަދަލުތަކުގެ ތެރޭގައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފުގެ ކޮމެޓީން ވަކިކުރުމަށާއި އާންމު ކޮމިޓީއަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު، ޔާސިރު އަބްދުއްލަތީފް އައްޔަން ކުރުމަށާއި ޕެޓިޝަން ކޮމިޓީއަށް ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، ހަސަން ލަތީފު އައްޔަން ކުރުން ހިމެނެއެވެ.

ސްޓޭޓް އޯންޑު އެންޓަޕުރައިޒަސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބު ކޮމެޓީން ވަކިކުރުމަށާއި ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ ދާއިރާގެ މެމްބަރު، ހަސަން ލަތީފު ކޮމެޓީން ވަކިކޮށް އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ ކޮމެޓީން ވަކިކޮށް ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް ހިމެނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އޭގެ އިތުރުން އިޖްތިމާއީ ކޮމިޓީއަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ އައްޔަން ކުރުމަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބު އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް ވަކިކުރަން ވެސް އަސްލަމް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.