އިލްމުވެރިންގެ ގުޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
16 May 2023 | 16:33
ފޯޅަވަހީގެ މައްސަލާގައި ސަރުކާރާއި ދެކޮޅު ފަރާތްތަކާއިއެކު ސަރުކާރުން އާއްމު ބަހުސަކަށް ދާން އެދިއްޖެ

ފޯޅަވަހީގެ ކަނޑުގެ ސަރަހައްދު ބައި ކުރި އިރު, ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ދިޔަ ކަމަށް ބުނާ މައްސަލާގައި ސަރުކާރާއި ދެކޮޅު ފަރާތްތަކާއި އެކު ސަރުކާރުން އާއްމު ބަހުސަކަށް ދިޔުމަށް ޢިލްމުވެރިންގެ ގުޅުމުން އެދިއްޖެއެވެ. 

‏އީ.އީ.ޒެޑް މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން ސަރުކާރަށް ހުށައަޅަން ހުރި ސުވާލުތައް ހުށައެޅުމަށާއި ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރަން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓަކައި މިއަދު އެމަނިކުފާނާ ވަނީ ބައްދަލު ކުރައްވާފައެވެ. 

އެކަމާއި ގުޅިގެން އިލްމުވެރިންގެ ގުޅުމުން ކުރި ޓުވީޓެއްގައި ބުނީ، ދޮޅުގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުމުގައި އެ ޖަމިއްޔާ ގެ ފަރާތުން ގިނަ ކަންކަން ހުށަހަޅާފައިވާ ކަމަށެވެ. 

އެގޮތުން ހުށަހެޅި ކަންކަމުގެ ތެރޭގައި؛

1) މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީފުޅު 241 ކޮމިޓީއަށް ހިއްސާ ކުރުން.

2) ރާއްޖޭ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ސަރަޙައްދާ މެދު، އިޓްލޮސްއިން ނިންމާފައިވާ ނިންމުން މުރާޖަޢާ ކުރުމަށް ހުށައެޅުން.

3) ޢިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާއެކު، އީއީޒެޑް މައްސަލައިގައި ސަރުކާރުގެ މައުޤިފާ ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް (އާއްމު ބަހުސަކަށް) ގޮސްދެއްވުން.

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް މުސްލިމް ނޫން ދައުލަތަކަށް ދިވެހި ސަރުކާރުން ދޫކޮށްލުމާ ގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައި ވާކަމަށް އެ ޖަމިއްޔާއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. 

އަދި އެ މައްސަލައިގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދެއްކުމަށް އެޕޮއިންޓްމެންޓަށް އެދި ޢިލްމުވެރިންގެ ގުޅުމުން، ރައީސް އޮފީހުގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އަށާއި، އެޓާނީ ޖެނެރަލްގެ އޮފީހަށާއި ޚާރިޖީ ވުޒާރާއަށް ވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް