ފެނަކަ އެމްޑީ ސައީދު އަދި ސްޓޭޓު މިނިސްޓަރު މުޣުނީ/ ފޮޓޯ: ވޮއިސް
ހަބަރު
16 May 2023 | 22:16
މުޣުނީގެ ރައްދު: "ޒީރޯ ކޮރަޕްޝަން" ގެ ވާހަކަ ހުއްޓާލަން ސަރުކާރަށް ޖެހުނީ ސައީދާ ހެދި

ވައްކަމާއި ކޮރަޕްޝަނަށް މި ސަރުކާރުން ދޭނެކަމަށް ބުނި "ޒީރޯ ޓޮލަރެންސް" ގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހުނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢީދުގެ ސަބަބުންކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިފަދައިން ވިދާޅުވެފައި ވަނީ އޭނާ އަކީ މި ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި އެންމެ ނާޤާބިލް ބޭފުޅާކަމަށް ވިދާޅުވެ ސައީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ސައީދަށް ރައްދުދެއްވާ ކުރެއްވި އެ ޓްވީޓުގައި މުޣުނީ ވަނީ ފެނަކައިގެ އެމްޑީގެ މަޤާމަށް ސައީދު އައްޔަންކުރެއްވުމުގެ ކުރިން ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރެއްވުމުގެ ތަޖުރިބާ އޮތް މިންވަރަކީ ކޮބައިކަން ވިދާޅުވެދެއްވުމަށާއި، މެނޭޖުމެންޓުގެ ދާއިރާއިން ސައީދުގެ އިލްމީ ފެންވަރަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. 

ފެނަކަ އެމްޑީގެ މަޤާމާއި ހަވާލުވުމުގެ ކުރިން ސައީދު އަދާކުރެއްވި ހުރިހާ ވަޒީފާތަކުން ޚިޔާނާތުގެ ތުހުމަތުގައި ވަކިކުރެވިފައިވާ ގޮތް ސާފުކޯށްދެއްވުމަށް ވެސް މުޣުނީ ވަނީ އެދިވަޑައިގަންނަވާފަ އެވެ. 

އޭގެ އިތުރުން މުޣުނީ ވިދާޅުވީ ސައީދު މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ފެނަކަ ކުންފުންޏަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކަކާއި ގުޅޭގޮތުން އެސީސީއިން ބޮޑު ރިޕޯޓެއް އެކުލަވާލާ ރައީސް އޮފީހަށް ފޮނުވާފައިވާއިރު، އެ ކޮރަޕްޝަންތައް ރައީސަށް ދިފާއުކުރައްވަން ޖެހިވަޑައިގަތީ ސައީދު ލޮބީކުރައްވައިގެން ކަމަށެވެ. 

ކޮންމެ އިންތިޚާބަކާއި ދިމާކޮށް ފެނަކަ ކުންފުނިން އެތައް ވަޒީފާއެއް އުފައްދަމުންދާތީ، އަދި އޭގެ މަންފާ ރައީސް ކާމިޔާބުކުރައްވަން ބޭނުންފުޅުވާ އިންތިޚާބުތަކަށް ކުރަމުންދާތީ ރައީސް ވެސް ހުންނެވީ ކޮމްޕްރޮމައިސް ވެފައިވާކަމަށް ގާތް އެކުވެރިންގެ ގާތުގައި ވާހަކަފުޅު ދައްކަވާ ސަޅިބައިސާ ކަނޑަނީވެސް ސައީދުކަމަށް މުޣުނީ ވިދާޅުވި އެވެ. އަދި އެކަންކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް ވެސް ވިދާޅުވި އެވެ. 

މުޣުނީ ވިދާޅުވީ ސައީދުގެ ފަރާތުން ފެންނަމުންދާ އެފަދަ ކަންކަމުގެ ސަބަބުން މި ސަރުކާރުން "ޒީރޯ ކޮރަޕްޝަން" ޕޮލިސީގެ ވާހަކަ ދެއްކުންވެސް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ. 

އެކަންކަން ފާހަގަކުރައްވާ މުޣުނީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ނުވަތަ ރައީސް އޮފީހުން އަންގަން ޖެހޭ ކަންކަން އެންގުމަށް ތަރުޖަމާނެއް ހުންނެވިއިރު، ސައީދު އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އިސްކަން ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. 

ފެނަކަ ކުންފުނިން މިހާރުވެސް ކުދި ވިޔަފާރިތަކަށް ދައްކަން ޖެހިފައިވާ 1.9 ބިލިއަން ރުފިޔާ އޮތްއިރު، ބަނގުރޫޓުވަމުންދާ ކުޑި ވިޔަފާރިތަކަށް ނުދީ ހުރި ފައިސާ ދެއްކުން ކިހެނެއްވާނެތޯ އައްސަވާ މުޣުނީ ވަނީ ސައީދަށް ސުވާލު ކުރައްވާފަ އެވެ. 

ކޮމެންޓް
ޭއެހެންތަ
މީ ވަގުން ކުރިއަރާ ދުވަސްވަރެއް
17 May 2023
ގުޅޭ ލިޔުންތައް
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ