ކޮތައިފަރު އާއި ދިގަލި މޯލްޑިވްސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
17 May 2023 | 03:40
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިގަލި ކުއާޓާއަށް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ގުރޫޕް "އޭ" ގައި މިރޭ 8-1 ގެ ނަތީޖާއަކުން ކޮތައިފަރު ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިގަލި މޯލްޑިވްސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދިގަލި މޯލްޑިވްސް އިން ދެ ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 06 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ނަބީހް އެވެ. އަދި އެޓީމުގެ ދެވަަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު ފިރުޝާން އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ދިގަލި މޯލްޑިވްސް ކުރީގައި އޮވެގެންނެވެ.

މިރޭގެ މެޗުން މޮޅުވެ ގުރޫޕް އެއްވަނަ މަގާމު ހޯދުމުގެ ފުރުސަތު އޮތް ދިގަލި މޯލްޑިވްސްއިން ވަނީ ދެވަނަ ހާފުގައި އިތުރު 06 ލަނޑު ކާމިޔާބުކޮށްފައެވެ. ދެވަަނަ ހާފުގައި އެޓީމުގެ އަހުމަދު ފިރުޝާން، މުހައްމަދު އިރުޝާމް، ސިނާން އަބްދުލް ޣަނީ، އަހުމަދު ހިލްމީ އަދި އިސްމާއީލް ރަފްހާން މިއިން ކޮންމެ ކުޅުންތެރިއެއް އެއް ލަނޑު ކާމިޔާބުކުރިއިރު، ކޮތައިފަރުގެ ގުސައްޔު އަތުން ބައިކޮޅަށް ވަނީ އެއް ލަނޑު ވަދެފައިވެ.

މި މެޗުގައި ކޮތައިފަރުގެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ޒަޔާން އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 8-1 ގެ ނަތީޖާއަކުން ދިގަލި މޯލްޑިވްސް މޮޅުވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދިގަލި މޯލްޑިވްސްގެ މުހައްމަދު އިރުޝާމްއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ދިގަލި މޯލްޑިވްސްއަށް 07 ޕޮއިންޓާއެކު ފައިދާ 12 ގޯލު ލިބިފައިވާއިރު، މި ގުރޫޕްގެ ދެވަނަ ލިބުނު ކޯރާކޯރާ އަށް ވެސް ދެ މެޗުން 07 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ލިބިފައިވަނީ ފައިދާ 03 ގޯލެވެ. މި ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައިވާއިރު، މި ގުރޫޕްގެ ތިންވަނަ ލިބެނީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ހޯދި ދަ ސްޓޭންޑާޑް އަށެވެ. އަދި ހަތަރު ޓީމު ހިމެނޭ މި ގުރޫޕްގެ ފުލަށް ދިޔައީ ކުޅުނު ތިން މެޗުން ވެސް ބަލިވި ކޮތައިފަރު އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިފައިވާ އިރު، މާދަމާރޭ 21:00 ގައި ކުޅޭ ގުރޫޕް "ޑީ" ގެ ޕްލޭއޮފްގައި ވާދަކުރާނީ ޔޫ އެންޑް މީ އާއި އާރަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހުޖާގަ ލިބޭއިރު، ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އަދި 19 ވަނަ ދުވަހުގެރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.