އިންޓަ މިލާން އާއި އޭސީ މިލާން ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
17 May 2023 | 04:32
13 އަހަރަށް ފަހު އިންޓަ މިލާން، ޗެންޕިއަންސް ލީގު ފައިނަލަށް!

ޔޫއެފާ ޗެންޕިއަންސް ލީގުގެ ދެވަނަ ލެގުގައި މިރޭ ވާދަވެރި އޭސީ މިލާން 1-0 ގެ ނަތީޖާއަކުން ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިންޓަ މިލާނުން ހޯދައިފިއެވެ.

މިދެ ޓީމު މިދިޔަ ހަފްތާގައި ކުޅުނު ފުރަތަަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން އިންޓަމިލާން ކާމިޔާބުކޮށްފައި އޮތުމުން މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

މިރޭގެ މެޗުގެ ކުރިން މި ދެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުވެސް އިންޓަ މޮޅުވެފައިވާއިރު، އެތިން މެޗުގައި އެޓީމުކޮޅަށް އޭސީ މިލާނަށް އެންމެ ލަނޑެއް ވެސް ކާމިޔާބުކުރެވިފައި ނުވެއެވެ. ނަމަވެސް މިރޭގެ މެޗުގައި ވަރުގަދަކޮށް ފެށީ އޭސީ މިލާނުންނެވެ. މިގޮތުން ފުރަތަަމަ ހާފުގެ 11 ވަނަ މިނެޓުގައި އެޓީމުގެ  ޒުވާން ފޯވާޑް ބްރަހިމް ޑިއާޒްއަށް ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތެއްލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އިންޓަ މިލާންގެ ކީއްޕަރު ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މީގެއިތުރުންވެސް ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އޭސީ މިލާނުގެ ޕޯޗުގަލް ފޯވާޑް ރަފައެލް ލިއައޯ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މިހާފުގައި އިންޓަ މިލާނުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އެޑިން ޖެކޯ އަށެވެ. އޭސީ މިލާނުގެ ހާފުތެރެއިން އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޖެކޯ ބޮލުން ފޮނުވާލުމުން އޭސީ މިލާނުގެ ގޯލްކީޕަރު ވަނީ އެބޯޅަ ދިފާއުކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި އިންޓަ މިލާނަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. މިއީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މުބާރާތުގެ ފައިނަލްގައި އިންޓަ މިލާން ވާދަކުރަންޖެހެނީ ސެމީ ފައިނަލް ދެވަނަ މެޗުގެ ދެވަނަ ލެގުގައި މާދަމާ ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލުގައި އިންޓަ މިލާން އެންމެ ފަހުން ވާދަކޮށްފައިވަނީ 2010 ވަނަ އަހަރުގައެވެ. އެފަހަރު ޑިއޭގޯ މިލިޓޯގެ ދެ ލަނޑުން ބަޔާން މިއުނިކް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޓަ މިލާން އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.