ސާފްޗެމްޕިއަންޝިޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެެރެއިން
ކުޅިވަރު
17 May 2023 | 17:54
ސާފްޗެމްޕިއަންޝިޕް 2023: ގުރޫޕް ބީގައި ރާއްޖެ، ބޫޓާން، ބަންގުލަދޭޝް އަދި ލެބަނަން!

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގުރުލުން މިއަދު ބޭއްވިއިރު، ގުރޫޕް ބީގައި ދިވެހިރާއްޖެ އާއިއެކު ލެބަނަން ވާދަކުރަން ޖެހިއްޖެ އެވެ.

އަންމަހު އިންޑިޔާގެ ބެންގަލޫރުގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މި ސަރަހައްދުން ބޭރުގެ ދެ ގައުމަކަށް ދައުވަތުދީގެން ބައިވެރިކޮށްފައިވާ އިރު، މިފަހަރުގެ މުބާރާތުގައި ވާދަކުރާ މިސަރަހައްދުން ބޭރުގެ ދެޓީމަކީ ލުބުނާން އާއި ކުވެއިތު އެވެ.

މިއަދު ބޭއްވުނު ގުރުނެގުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭ ލައްވާލި ގުރޫޕް ބީގައެވެ. މި ގުރޫޕްގައި ހިމެނެނީ ދިވެހިރާއްޖޭ، ލެބަނަން އަދި ބަންގުލަދޭޝްގެ އިތުރުން ބޫޓާން އެވެ. ގުރޫޕް އޭ ގައި އިންޑިޔާގެ 23 އަހަރުން ދަށުގެ ޓީމާއިއެކު ހިމެނެނީ ކުވައި އަދި ނޭޕާލް އިތުރުން ޕާކިސްތާނުގެ ގައުމީ ޓީމެވެ.

މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ދިވެހިރާއްޖޭ އާއި ލެބަނަން ވާދަކޮށްފައި ވާއިރު، ހަތަރު މެޗުން ވެސް ދިވެހި ޓީމު ވަނީ ބައިވެރިވެފަ އެވެ. 2004 ވަނަ ވޯލްޑްކަޕް ކޮލިފައިންގައި ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، މާލޭގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-2 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން 2008 ވަނަ އެކުވެރިކަމުގެ މެޗެއްގައި ދެފަހަރެއްގެމަތިން ވާދަކުރިއިރު، ފުރަތަަމަ މެޗުން ލެބަނަން މޮޅުވީ 4-0 ގެ ނަތީޖާއަކުން ނަމަވެސް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ދިވެހި ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި އަހަރުގެ ސާފްޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ފުރަތަަމަ މެޗުގައި ޖޫން 22 ވަނަ ދުވަހު ދިވެހިރާއްޖޭގެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ޖޫން 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ގުރޫޕްގެ ފަހުމެޗުގައި ލެބަނަން އާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ނުކުންނާނީ ޖޫން 28 ވަނަ ދުވަހުއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗު ނުލައި އެއްވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނުލައި ހަތަރު ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.