ރައްޔިތުންގެ މަޖިލީހުގެ ނަައިބް ރައީސް އީވާ އަބްދުﷲ
ހަބަރު
17 May 2023 | 19:41
އެމްޑީޕި އިން މިވަކިވީ މާބޮޑު އުފަލަކާއި އެކު އެއް ނޫން: އީވާ

އެމްޑީޕި އިން ވަކިވީ މާބޮޑު އުފަލަކާއި އެކު އެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އިވާ ޢަބްދުالله ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ އެމްޑީޕީ ތެރެއިން އުފެދިގެން އައި ފިކުރެއްގެ ދިރުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެެވެ. އެ ބައްދަލުވުމުގައި އީވާ ވަނީ ފިކުރެއްގެ ދިރުމުން އައު ސިޔާސީ ޕާޓީ އެއް އުފެއްދުމުގެ މަސައްކަތް ފަށައިފައިވާ ކަން އިއުލާން ކުރައްވާފައެވެ. 

"އެމްޑީޕީ އިން އަޅުގަނޑުމެން މިވަކިވީ މާބޮޑު ހިތްހަމަޖެހުމަކާއި، މާބޮޑު އުފަލަކާއި އެކުއެއް ނޫން، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެމްޑީޕީ އަށް ޓަކައި އެތައް މަސައްކަތް ތަކެއް ކޮށްދީފައިވާ ބައެއް، އެމްޑީޕީ އަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށާއި، ޤައުމުގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި މުހިންމު މުއައްސަސާއެއް ކަމަށް ދެކިގެން ޕާޓީއަށް އެތައް މަސައްކަތެއް ކުރި ބައެއް އަޅުގަނޑުމެންނަކީ، އެގޮތުން ދެފަހަރު މަތިން ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ ގެނައުމަށް ވެސް މަސައްކަތް ކުރެވިފައިވާނީ" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ހިތާމަޔާއި އެކުވެސް މިޖެހުނީ ޕާޓީ އިން ވަކިވާން ކަމަށެވެ. އަދި ޕާޓީ އިން ވަކި ވަނީ އުއްމީދާއި ވެސް އެކުގައި ކަމަށެވެ.

އީވާ ވިދާޅުވީ އެބޭފުޅުން އުފައްދަން މަސައްކަތް ފަށައިފައިވާ ޕާޓީ އުފައްދައިގެން އަނެއްކާވެސް ދިވެހި ރާއްޖޭގެ މުސްތަޤްބަލަށާއި ޒުވާނުންނާއި ރާއްޖޭގެ ސިޔާސީ މުސްތަޤްބަލް ބިނާކުރުމުގެ ވަރަށް އުންމީދު ބޮޑު ކަމަށެވެ.

"އެމްޑީޕީ މެމްބަރުން މިއޮއްހާ ދުވަހު އެމްޑީޕީގަ ތިބީ އެމްޑީޕިގައި ޤަބޫލްކުރާ އަސާސްތަކެއް ހުރުމުގެ ސަބަބުން" އީވާ ވިދާޅުވިއެވެ.

އެގޮތުން ހެޔޮ ވެރިކަމެއް ކުރުމާއި، ވައްކަމާއި ދެކޮޅަަށް މަސައްކަތަ ކުރުމާއި، އިންސާނީ ހައްޤުތައް ކަށަވަރު ކުރުމާއި، ނޫސްވެރިކަމުގެ މިނިވަން ކަން ކަށަވަރު ކުރުމާއި، ދެފުއް ފެންނަ ހަމަހަމަ ތެދުވެރި އިޚްލާސްތެރި ވެރިކަމެއް ކުރުން އެއަސާސް ތަކުގައި ހިމެނޭކަމަށް އީވާ ވިދާޅުވިއެވެެ.

އީވާ ވިދާޅުވީ މިއަދުގެ އެމްޑީޕީ އަކީ އެ އަސާސްތަކުގެ މައްޗަށް އޮތް ޕާޓީ އެއް ނޫން ކަމަށާއި،  އެމްޑީޕީ ވައްކަމުގެ ހާއްޔަކަށް ހަދައިފިކަމަށެވެ.

އެމްޑީޕީ އިން އެ އަސާސްތައް ދޫކޮށްލިޔަސް އެބޭފުޅުން އެ އަސާސްތަކާއި ދުރަށް ދާންނުޖެހޭ ކަމަށާއި، އެމްޑީޕީ އިން ވަކިވެ އަނެއްކާވެސް އެ އަސާސްތަކުގެ  މައްޗަށް ބިނާވާ ޕާޓީއެެއް އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް އީވާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދާއި އެމަނިކުފާނަށް އަޅުއްވާފައިވާނެ ފިޔަވަޅު ތަކާއި ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ނުދެއްވައި، އެމަނިކުފާނާއި ސުވާލު ކުރުމަށް އީވާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ 12 މެމްބަރަކު މިއަދު ޕާޓީ އިން ވަކިވިއިރު ފިކުރެއްގެ ދިރުން އުފެއްދެވި، ކުރީގެ ރައީސް ނަޝީދު ހުންނެވީ ޕާޓީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ