އަސްލަމް ރައީސް ނަޝީދާއި ސަލާމް ކުރައްވަނީ/ ފޮޓޯ: މިހާރު
ހަބަރު
17 May 2023 | 20:31
"ފިކުރެއްގެ ދިރުން" ދޫކޮށް އެމްޑީޕީގައި މަޑުކުރެއްވީތީ ރައީސް ނަޝީދަށް، އަސްލަމް މަރުހަބާ ދަންނަވައިފި

އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ގޮފީގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން އެ ޕާޓީ ދޫކުރައްވާ ވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވީ ނަމަވެސް ޕާޓީގައި މަޑުކުރައްވަން ނިންމެވީތީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް މަރުޙަބާ ދަންނަވައިފި އެވެ. 

އެމްޑީޕީގެ ފިކުރެއްގެ ދިރުން ގޮތްޕަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެމްބަރުންތަކެއް ވަނީ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކޮށްފަ އެވެ. 

އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަޝްވަރާތަކެއް ފަށާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. 

އެކަމާއި ގުޅޭގޮތުން "ވޮއިސް" އަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ގޮފި ދޫކުރައްވާ އެމްޑީޕީގައި މަޑުކުރައްވަން ނަޝީދު ނިންމެވީތީ އުފާކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ނަޝީދަށް މަރުހަބާ ދަންނަވާކަމަށެވެ. 

"ރައީސް ނަޝީދު ފިކުރެއްގެ ދިރުން ދޫކުރައްވާ އެމްޑީޕީގައި މަޑުކުރައްވަން ނިންމެވީތީ އަޅުގަނޑު ވަރަށް އުފާކުރަން. އަަދި އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ބޮޑަށް މަރުހަބާ ވެސް ދަންނަވަން، ފިކުރެއްގެ ދިރުން ދޫކޮށް ޕާޓީގެ ހުންނަވަން ނިންމެވޭތީ"

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް 

އަސްލަމް ވިދާޅުވީ އެމްޑީޕީގައި މަޑުކުރެއްވުމަށްފަހު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ހުންނަވަނިކޮށް ޕާޓީން މެމްބަރުންތަކެއް އަލަށް އުފައްދާ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާނެކަމަށް ނުބެލެވޭކަމަށެވެ. 

އެފަދައިން މަސައްކަތްޕުޅު ކުރެއްވުން ވެގެންދާނީ ވަރަށް ލަދުވެތިކަމެއްގެ ގޮތުގައި ކަމަށް ސިފަކުރައްވާ އަސްލަމް ވިދާޅުވީ ފިކުރެއްގެ ދިރުން ދޫކުރައްވާ ޕާޓީގައި ހުންނަވަން ނިންމެވި ނިންމެވުމަކީ އެފަދަ މަސައްކަތްތަކެއް ނުކުރައްވާނެކަމުގެ ހެއްކެއް ކަމަށެވެ. 

އެހެންކަމުން ނަޝީދާއި ދޭތެރޭ ފިޔަވަޅެއް އަޅަންޖެހޭ ހާލަތެއް އަދި ނެތް ކަމަށާއި، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތްވެސް ނުކުރައްވާކަމަށް އަސްލަމް ވިދާޅުވި އެވެ. 

"ރައީސް ނަޝީދު އެ ހުންނެވީ ފިކުރެއްގެ ދިރުން ދޫކުރައްވާ ޕާޓީގައި މަޑުކުރައްވައިގެން. އެހެންވީމަ އަދި ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރަން އެއްވެސް މަސައްކަތެއް ނުކުރެވޭ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޕާޓީގައި ހުންނަވައިގެން އެމްޑީޕީގެ މެމްބަރުން އެހެން ޕާޓީއަކަށް ވެއްދުމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވާނެކަމަކަށް. އެދެން ވާނީ ވަރަށް ލަދުވެތި ކަމަކަށް" 

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް 

އެމްޑީޕީއިން ވަކިވި މެމްބަރުން ވިދާޅުވެފައިވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޚިޔާލަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ ތެރެއިން އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ގޮފީގެ މަސައްކަތް ފުޅާވެ އޭގެ ތެރެއިން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ. 

އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީއިން ވަކިވެވަޑައިނުގަތް ނަމަވެސް މި ވެރިކަން އައިފަހުން ނަޝީދު ވަރަށް ބޮޑަށް އެކަހެރިކޮށްފައި ވާ ކަމަށާއި، ކަންކަމުގައި ނަޝީދުގެ މަޝްވަރާ ނުހޯއްދަވާކަމަށް ވަކިވި މެމްބަރުން ވަނީ ހާމަކުރައްވާފަ އެވެ. 

ނަޝީދު ޕާޓީގެ ކަންކަމުން އެކަހެރިކޮށް އެއްފަރާތް ކުރަމުންދަނީ އެމްޑީޕީ ހިޞާރުކުރުމަށް މަސައްކަތްކުރާ ވަކި ބަޔަކު ރާވައިގެންކަމަށް ވެސް ވަކިވި މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ. 

އެހެން ނަމަވެސް ނަޝީދު ޕާޓީގައި ހުންނަވަން ނިންމެވީތީ އުފާކުރައްވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެއީ އެމަނިކުފާނު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ކޮމެންޓް
އައިމިނަ
ތިޔައީ ގަސްދުގައި ނަޝީދު ފަކުރެއްގެ ދިރުމަށް ދިން ލަޑެކެވެ. ނަޝީދަކީ ނިކަން ބޮޑު މުސާރަ ނަންގަވާ ހިތްޕުޅުވާ ބޭފުޅަކަށް ވާތީވެ، މަޖްލީހުގެ ރައީސްކަން ދޫކުރައްވަން ބޭނުމެއް ނުވާނެއެވެ. ޖެހޭނީ އަޒުމު ކިޔައިގެން ދުރުކުރާށެވެ.
17 May 2023
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.