ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 : އެފސީ އުސްގަނޑަ އަދި ފްރެންޑްސް ކްލަބް ވާދަކުރި މެޗުގެ ތެރެއިިން :ވަގުތު އިމޭޖެސް:އަބްދުالله އަބީދް
ކުޅިވަރު
17 May 2023 | 19:34
އަޔާއަށް ފައިނަލުގައި ކުޅެވޭނެކަމަށް ގަބޫލެއް ނުކުރަން: މައިލޯ ސިޓީގެ މެނޭޖަރު

ނެސޯ ވަގުތު ފުޓްސަލް ޗެލެންޖް 2023ގެ ފުރަތަމަ ސެމީ ފައިނަލުގައި ފްރެންޑްސް ކުލަބާއި އެފްސީ އުސްގަނޑަ ވާދަކުރި މެޗުގައި މެޗުގައި އުސްގަނޑަ ޓީމުގެ އަޔާޒުއަށް ދެއްކި ރަތްކާޑު މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ބާތިލްކުރުމުން އެކަމާއި މެދު މައިލޯ ސިޓީގެ މެނޭޖަރު ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ވޮއިސް އަށް މައުލޫމާތު ދެމުން މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ކުޅޭ މައިލޯ ސިޓީގރ މެނޭޖަރު ހަސަން ސަލީމް ބުނީ މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީންގެ ނިންމުން ބަލައިނުގަންނަކަމަށާއި، އަޔާޒުއަށް ފައިިނަލުގައި ކުޅެވޭނެކަމަށް ގަބޫލު ނުކުރާާ ކަމަށެވެ. 

އިތުރަށް ވާހަކަދައްކަމުން ސަލީމު ބުނީ މުބާރާތުގެ ސެމީފައިނަލް މެޗުތަކުގެ ކުރިން ޓީމުތަކުގެ ކެޕްޓަނުންނާއި މެނޭޖަރުން ބައިވެރިކޮށްގެން މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބައްދަލުވުމެއް ބޭއްވިކަމަށާއި، އެބައްދަލުވުމުގައި އެފްސީ އުސްގަނޑަ ޓީމުގެ ފަރާތުން ސެމީގައި ކުޅުންތެރިޔަކަށް ދެ ރީނދޫ ކާޑު ހަމަވެގެން ފައިނަލަށް އެއްވެސް ކުޅުންތެރިއަކު ސަސްޕެންޑް ވެއްޖެ ނަމަ ކާޑު ދެއްކި ކުޅުންތެރިއާގެ ކުށުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ފައިނަލުގައި ކުޅުމުގެ ފުރުސަތު ދިނުމަށް ފެންނަކަމަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެބައްދަލުވުމުގައި މުބާރާތުގެ ރެފްރީންގެ އިސްކޮށް ހުރި ބޭފުޅާ ވިދާޅުވި އެކަން އެގޮތަށް ނުކުރެވޭނެކަމަށް. އެހެންވެ މިނިންމުން ބަލައެއްނުގަނެވޭނެއެވެ.

މިކަމާއި ބެހޭގޮތުން ވޮއިސްއަށް މައުލޫމާތު ދިން ވަގުތުގެ އޮފިޝަލަކު ބުނީ މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން އަކީ މިނިވަން މުސްތަޤިއްލު ކޮމެޓީއެއް ކަމަށާއި އެ ކޮމެޓީގައި، ވަގުތުގެ އޮފިޝަލެއްގެ އިތުރުން ފުލުހުންގެތެރެއިން ބޭފުޅަކާއި އެފްއޭއެމް ގެ ސީނިއަރ ރެފްރީއެއްގެ އިތުރުން ގާނޫނީ ވަކީލަކާއި މުބާރާތް އިންތިޒާމް ކުރުމުގެ ކަންތައްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާ އެއް ބޭފުޅަކު ހިމެނޭ ކަމަށެވެ.

“މީގެ ކުރިން ބޭއްވުނު ހަތަރު މުބާރާތުގައިވެސް ޑިސިޕްލިނަރީ ކޮމެޓީގައި ތިބީ މުޅިންވެސް ވަގުތުގެ އޮފިޝަލުން ނަމަވެސް މިއަހަރު މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އެދުމުގެމަތިން މިނިވަން ކޮމެޓީއެއް އެކުލަވާލެވިފައިވަނީ” ވަގުތު ގެ އޮފިޝަލް ބުންޏެވެ.

މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީންގެ ނިންމުމަށް ވަގުތުން އިޚްތިރާމް ކުރާކަމަށާއި، މުބާރާތުގެ ޓެކްނިކަލް ނިންމުންތައް ނިންމާނީ އެކަންކަމަށް ކަޑައެޅިފައިވާ ކަމުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. 

އިތުރަށް ވާހަކަ ދައްކަމުން ވަގުތުގެ އޮފިޝަލުން ބުނީ މުބާރާތުގެ ކަންތައްތައް ވީހާވެސް ފުރިހަމައަށް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް ވަގުތުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭކަމަށާއި، އެކަމަށްޓަކައި ބޮޑު ހޭދައެއް ކުރަމުން އަންނަ ކަމަށެވެ.

ވަގުތު ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. އަދި މި މުބާރާތުގައި ރާއްޖެ އެންމެ މޮޮޅެތި ފުޓްސަލް ކުޅުންތެރިން ފެނިގެންދާއިރު، މިއީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ފައިނަލް މެޗު މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފައިނަލުގައި ވާދަކުރާނީ އެފްސީ އުސްގަނޑަ އަދި މައިލޯ ސިޓީ އެފްސީ އެވެ.

ކޮމެންޓް
ލޫކަސް
ދުނިޔޭގަ އެއްވެސް ތާކުން ނުދެކެން ރަތް ކާޑު ދައްކާފަ ހުންނަ ކުޅުންތެރިއަކު ޖެހިގެން އިންނަ މެޗުގަ ކުޅެވޭ ގަވައިދެއް
17 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.