މިސްކިތް އެޅުމާއި ދެކޮޅަށް މުޒާހަރާ ކުރަނީ--
ދުނިޔެ
18 May 2023 | 07:09
ދެކުނު ކޮރެއާގައި އަޅަމުންދިޔަ މިސްކިތެއްގެ މަސައްކަތަ ހުއްޓުވައި އެތަނަށް އޫރުގެ ބޯ އަޅައިފި

ދެކުނު ކޮރެއާގެ ޑައެގޫ ސިޓީގެ ބަކް ޑިސްޓްރިކްގައި އަޅަމުން ދިޔަ މިސްކިތެއްގެ މަސައްކަތް، އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް އަޑު އުފުލާބަޔަކު ހުއްޓުވައި، އެމިސްކިތުގެ ކުރިމައްޗަށާއި ގޯތި ތެރެއަށް އޫރުގެ ބޯ އަޅައިފިއެވެ.

2019 ވަނަ އަހަރު ދެކުނު ކޮރެއާއަށް ކޮމްޕިޔުޓަރ ސައިންސް އިން މާސްޓާސް ހެދުމަށް ދިޔަ ޕާކިސްތާނުގެ މުޢާޒް ރައްޒާޤް ބުނީ ދީނީ މިނިވަންކަން ބަލައިނުގަނެ މިހާބޮޑު ރުޅިވެރިކަމަކާއި ކުރި މަތިލާން ޖެހިދާނެ ކަމަށް އުންމީދުވެސް ނުކުރާ ކަމަށެވެ.

މިހާރު ކޮމްޕިޔުޓަރ ސައިންސް ގެ ދާއިރާއިން ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ މުޢާޒް ބުނެފައިވަނީ ފުރަތަމަ އޭނާ އެޤައުމަށް ގޮސް އުޅެން ފެށުމުން އަވަށްޓެރިންގެ ތެރެއިން ގިނަ ބަޔަކު އޭނާގެ ހެދުން އެޅުމާއި، ހެދުން އެޅުމާއި، ދިގުކޮށްފައި ހުރި ތުނބުޅިޔާއި މިކަންކަމާއި މެދު ހައިރާން ވެ މިކަންކަމާއި މެދު އިތުރަށް ދެނެގަންނަން ބޭނުން ވި ކަމަށެވެ. މިކަމުގައި އެއްވެސް ނުރައްކަލެއް އަދި ޢަދާވާތްތެރި ކަމެއް އޭރު އިހްސާސް ކުރެވިފައި ނުވާ ކަމަށް އަލްޖަޒީރާ އާއި ވާހަކަ ދައްކަމުން އޭނާ ބުނެފައިވެއެވެ.

އެކަމަށް ބަދަލު އައީ އޭނާ އާއި އެކު އެއް ޔުނިވާސިޓީ އެއްގައި ކިޔަވަމުން އައި 150 އަކަށް މުސްލިމް ދަރިވަރުން، ޔުނިވާސިޓީގެ ދޮރަކާއި ގާތުގައި ހުރި، 2014 ގައި ބިނާ ކޮށްފައި ހުރި މިސްކިތެއް އައުކުރުމަށް ނިންމި ހިސާބުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. 

މިސްކިތް އައުކުރުމުގެ ޕްލޭން ހެދުމާއި އެކިު އެތަނާއި އެ މުސްލިމް ދަރިވަރުން ވެގެންދިޔައީ އިސްލާމްދީނަށް ނަފްރަތު ކުރާ މީހުންގެ އަމާޒަކަށެވެ. މިސްކިތް އައު ކުރުމުގެ މަސައްކަތަށާ،  އަދި އެހެނިހެން ކަންކަމަށާ، މިސްކިތް ތަޅާލުމަށް ބޭނުންވާ ފައިސާ ދަރިވަރުން އެއްކުރިއެވެ.

އަދި މިމަސައްކަތަށް ބޭނުންވާ ހުއްދަތައް ހޯދުމަށް ފަސޭހަ ކުރުމަށް އެމިސްކިތާއި ޖެހި ގެން ހުރި ގެ ވެސް ދަރިވަރުން ގަތެވެ. އަދި ނަމާދު ކުރުމަށް ވަގުތީ ގޮތުން މިހާރު ބޭނުންކުރެވެމުން ދަނީ އެގޭގައި ނަމާދު ހޯލެއް ހަދައިގެންނެވެ.

ވަގުތީ ގޮތުން މުސްލިމް ދަރިވަރުން ނަމާދުކުރާ ތަން

2021 ވަނަ އަހަރުގެ ކުރީ ކޮޅު މިސްކިތުގެ އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތް ނިމުމާއި އެކު ބުކް ޑިސްޓްރިކް އޮފީހުން ކުއްލިއަކަށް މަސައްކަތް ހުއްޓާލުމަށް އެންގި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަދި އެއީ އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ތަކުގެ ސަބަބުން ކަމަށް ޑިސްޓްރިކް އޮފީހުން ބުނި ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަދި ޝަކުވާ ތަކެއް ކަމަށް ބުނެފައިވަނީ ކައްކާއިރު ދުވާ ވެއެވެ.

މުޢާޒް ބުނެފައިވަނީ އެހާހިސާބުން ފެށިގެން މަގުތައް މަތީގައި ކަރުދާސްތައް ބަހަންފެށިކަމަށެވެ. އެކަރުދާސްތަކުގައި ބުނެފައިވަނީ އެސަރަހައްދު މާގިނަ ދުވަހެއް ނުވެ "ސްލަމް"  އަކަށް ބަދަލުވެދާނެ ކަމަށާއި، އެސަރަހައްދުން ވިއްކާ ގެތަކުގެ އަގު ވެއްޓިދާނެ ކަމަށާއި މުސްލިމް ދަރިވަރުންނާއި ދިމާއަށް ޓެރަރިސްޓުން ކިޔައި ނަފްރަތު އުފެދޭ ޒާތުގެ ވާހަކަތައް އާންމު ކޮށްފައި ވާކަމަށެވެ.

އޫރު މަހުގެ ބާބަކިޔު ޕާޓީއެއް މިސްކިތުގެ ކުރިމަތީގައި ބާއްވަނީ

މިފަދަ އިބާރަތްތައް ހިމެނޭ ބެނަރ ތައް  މަގުތަކުގައި ދަމައި، މިސްކިތްތަކުގެ ބޭރުގައި ރެލީ ބޭއްވުމުގެ ނަމުގައި އަޑުގަދަ ކޮށް ގަދަ މިޔުޒިކް ޖަހައި ހަދާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. ކޮރެއާގެ އިންސާނީ ހައްޤުތައް ރައްކާތެރިކުރާ ޖަމިއްޔާ އިން ގޮވާލައިފައިވަނީ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

އަދި 2022 ވަނަ އަހަރު ސްޕްރީމް ކޯޓުން ބުނެފައިވަނީ އިމާރާތް ކުރުން ހުއްޓާލަން އަމުރު ކުރީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. ނަމަވެސް އޭގެ ފަހުންވެސް އިސްލާމްދީނުގެ ޢަދާވާތަތެރިންގެ އުނދަގޫތައް ހުއްޓާނުލައެވެ.

އޫރު މަހުގެ ބާބަކިޔު ޕާޓީތައް މިސްކިތުގެ ކުރިމައްޗަށް ވާހެން ބާއްވާ އޫރުގެ ބޯތައް މިސްކިތުގެ ކުރިމައްޗަށް ވާގޮތައް އަޅައިފައި ހުންނަ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އިސްލާމްދީނާއި ދެކޮޅަށް މަސައްކަތަ ކުރާ ގްރޫޕުގެ އިސް ކޮށް އުޅޭ ކިމް ޖިއޮންގް ބުނެފައިވަނީ އެމީހުން ކުރަމުންދަނީ އެމީހުންގެ ނަފްސު ރައްކާތެރި ކުރުމުގެ މަސަކަތް ކަމަށެވެ.

ކޮމެންޓް
ޢަހު
ﷲއަކްބަރު އެންމެ މުސްލިމަކު ހުއްޓަސް ތިތަނަށް ﷲ ގެ ކޯފާ ނުފުނުއްވާނދޭވެ. މުސްލިމުން ކުރިއަށް ބާރަށް ކުރިއަށް އިންޝާ ﷲ ދުނިޔެ އަކީ މުސްލިމުންގެ ދުނިޔެއެއް ކަމުގައި ލައްވާނދޭއެވެ. އާމީން
18 May 2023
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.