އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަޙްމަދު ޝިފާޒު/ ފޮޓޯ: ދެން
ހަބަރު
17 May 2023 | 23:22
ޖޯކު ޖެހިޔަސް އެމްޑީޕީއަކީ ރައީސް ނަޝީދު: ޝިފާޒު

ޖޯކަކަށް ވާ ފަރާތްތައް ޖޯކު ޖެއްސެވިޔަސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ރައީސް މުޙައްމަދު ނަޝީދު ނަގާ ކޮޅަށް ޖެއްސެވި ޕާޓީއެއް ކަމަށާއި، އެމަނިކުފާނާއި ނުލާ އެ ޕާޓީ ނޯންނާނެކަމަށް ޕާޓީން ވަކިވެވަޑައިގެންނެވި އެމްޑީޕީގެ ނައިބުރައީސް އަޙްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ. 

ޝިފާޒު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދުގެ ވަފާތެރި މެމްބަރުން ޕާޓީއިން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނެވެ. 

ނަޝީދަކީ އެމްޑީޕީގައި މިހާރުވެސް އެންމެ މަގުބޫލު އަދި އެންމެ ތާއީދުބޮޑު ބޭފުޅާކަމަށާއި، އެމަނިކުފާނަކީ އެމްޑީޕީ ނަގާ ކޮޅަށް ޖެއްސެވި ބޭފުޅާކަމާމެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަމަށް ޝިފާޒު ވިދާޅުވި އެވެ. 

"މުޅި ރާއްޖޭގެ ރައްޔިތުންނަށް.. މުޅި ދުނިޔެއަށް، ދުނިޔޭގެ ލީޑަރަކު ހުރިއްޔާ ދަންނަކަމެއް މީ ރައީސް ނަޝީދު ބިނާކޮށް، ރައީސް ނަޝީދާއި އެކީގައި އޮތް ޕާޓީއެއް.. އެމްޑީޕީއޭ ބުނީމަ ރައީސް ނަޝީދު.. މިދެން ތިބޭފުޅުންނަށް ޖޯކަކށް ވަންޏާ ވާންވީ"

އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަޙްމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ އެމްޑީޕީ ބައިބައިވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދު ޕާޓީގެ ކަންކަމުން އެކަހެރިކޮށް ބާކީކޮށްލުން ކަމަށެވެ. އެފަދައިން އެކަން ކޮށްގެން ޕާޓީއަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ފެނިވަޑައި ނުގަންނަވާކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ދަންނަވަމުން ދިޔައިން ތި އެންމެ ބޭފުޅެއް ނޫނޭ ތި އެއްފަރާތް ކުރެވެނީ. ރީތިކޮށް އޮތް ޕާޓީއެކޭ ތި ފަޅާލަނީ. މި ޕާޓީ ފަޅާލައިގެން ވާ މޮޅެއް އަޅުގަނޑަކަށް ނުފެނެއޭ"

އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަޙްމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ ޕާޓީ ބައިނުކޮށް އެކީގައި މަސައްކަތް ކުރެވޭނެ ހުރިހާގޮތެއް މަގުފަހިކޮށްދީފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް، ޕާޓީގެ މަސްލަހަތު އިސްނުކުރައްވާ ރައީސް ޞާލިހު ޕާޓީ ބައިކޮށްލާފައިވާކަމަށް ޝިފާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ބައިބައި ކުރުމަކީ އެއްވެސް ވެރިއަކަށް ކުރެވުނު ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް މި ވެރިކަމާއި ހަމައިން އެކަން ބަދަލުކޮށް ޕާޓީއަށް ގެއްލުން ވިޔަސް ހެޔޮކަމަށް ޕާޓީ ބައިކުރީ ހަމަ އެނގިތިބެކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ޜަނާ
ޢެކަމަކު އެޕާރޓީ އުފެއްދި އިރުވެސް ޖަލަށް ބިރުން އަމިއްލައަށް އަރުވާލެވި ގެން ހުރީ ޔޫކޭގަކަމަށް ކިޔާތީ އިވުނު.
17 May 2023
Ahmed Siyaan
އަދި ބުނަމެވެ.ތިޔަހެން ވަކިވެގެން ދިޔަސް ވެރިކަން ގަވެސް ނޮފޯރާނެ ކަމީ ސައްކެއްވެސް އޮތް ކަމެން ބުނެވެ. ެ
18 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.