އަލްވަރޭޒް ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދެނީ
ކުޅިވަރު
18 May 2023 | 04:10
މެންޗެސްޓާ ސިޓީ އިން ޗެންޕިއަން ރެއާލް ލަދުގަންނަވާލައިފި!

ޔުއެފާ ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލުގެ ދެވަަނަ ލެގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެ، ޗެމްޕިއަން ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވިއިރު، މިރޭގެ މެޗުގެ ނަތީޖާ އެކު މެންޗެސްޓާ ސިޓީއަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބުނީ 5-1 ގެ އެގްރިގޭޓު ނަތީޖާއަކުން ނެވެ. އަދި މިއީ މެންޗެސްޓާ ސިޓީގެ ތާރީޚްގައި އެކުލަބު ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ފަހަރެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ރެއާލް މެޑްރިޑުގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ގިނަވަގުތު ބޯޅަ އޮތީ މެޑްރިޑުގެ ފަހުގެ މެދަށްވުރެ ޕެނަލްޓީ އޭރިއާ އާއި ކައިރީގައެވެ. އަދި މިހާފުގައި މެންޗެސްޓާ ސިޓީ އިން ރެއާލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ އިރު، މި ހާފުގައި އެޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ނޯވޭ ފޯވާޑް ހާލަންޑް ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއް ރެއާލްގެ ކީޕަރު ކޯޓުއާ ދިފާއުކުރިއިރު، މިހާފުގައި ސިޓީގެ ގޯލާއި އަމާޒުކޮށް ރެއާލްއަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ސިޓީގެ ހާފުގެ މެދަށްވުރެ ޕެނަލްޓީ އޭރިއާ ކައިރިން ރެއާލްގެ ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކްރޫސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސިޓީގެ ގޯލުގެ ބުރަށް ދަނޑިއަށެވެ.

ދެވަަނަ ހާފުގައި ރެއާލްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ކުރިއަށްޖެހި ކުޅެމުން އަންނަނިކޮށް ސިޓީއިން އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ބޮޑުކުރި އެވެ. މިއީ ރެއާލްގެ ބްރެޒިލް ޑިފެންޑަރު މިލިޓޯއަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގައި މެންޗެސްޓާ ސިޓީ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަަނަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އާޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.

މުބާރާތުގެ ފައިނަލްގައި މެންޗެސްޓާ ސިޓީ ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.