ޔޫ އެންޑް މީ އާއި އާރަށް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
18 May 2023 | 04:31
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ކުއާޓާގެ ފަހުޖާގަ ޔޫ އެންޑް މީ އަށް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ޕްލޭއޮފްގައި 3-1 ގެ ނަތީޖާއަކުން އާރަށް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ރަނަރަޕް، ޔޫ އެންޑް މީ އިން ހޯދައިފިއެވެ

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މިދެޓީމު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން އާރަށް ކާމިޔާބުކުރި ނަމަވެސް، މިރޭގެ މެޗުގައި ޔޫ އެންޑް މީ ގެ ފަރާތުން ފެނިގެންދިޔައީ މުޅިން ތަފާތު ރޫހެކެވެ.

އަނިޔާގެ ސަބަބުން މުހިންމު ތިން ކުޅުންތެރިންނާއި ނުލައި އާރަށުން މި މެޗަށް ނުކުތްއިރު، މިރޭގެ މެޗުގެ ވަރަށް ކުރީކޮޅު ޔޫ އެންޑް މީ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޒުލާން އަބްދުﷲ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އާރަށުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރުޝާދު މުހައްމަދު އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

ދެވަަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ޔޫ އެންޑް މީ އިން ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. މިއީ އާރަށުގެ ކީއްޕަރު އަބްދުﷲ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔޫ އެންޑް މީ ގެ ވިޝާހު ޝަރީފް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ މުހައްމަދު ޝުހައިލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޔޫ އެންޑް މީ މޮޅުވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް މާދަމާރޭ ފަށާއިރު، 21:00 ގައި ފަށާ ފުރަތަމަ މެޗުގައި ވާދަކުރާނީ، ދިގަލި މޯލްޑިވްސް އާއި ކުޑަފުށި މޯލްޑިވްސް އެވެ. އަދި 22:00 ގައި ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖޯލި މޯލްޑިވްސް އާއި ކޯރާކޯރާ މޯލްޑިވްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.