ރައީސް ޔާމީން ކޯޓަށް ވަޑައިގަންނަވަނީ/ ފޮޓޯ: ޕީއެސްއެމް
ހަބަރު
18 May 2023 | 12:26
މި ސަރުކާރަށް ފުއްދުނީ ރައީސް ޔާމީނު ޖަލަށް ލުމުގެ ވައުދު އެކަނި: މެމްބަރު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ސަރުކާރަށް ފުއްދުނު ހަމައެކަނި ވައުދަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާނެކަމަށް ވީ ވައުދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުالله ވިދާޅުވެއްޖެ އެވެ. 

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން މޮސްޓާ ވިދާޅުވީ މި ސަރުކާރު ގެންނަންވީ ވައުދުތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ވައުދުވީ 2013 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ވެރިކަން ކުރެއްވި އަބްދުالله ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލުމުގެ ވައުދު ކަމަށެވެ. 

ކޯޓުތަކަށް ނުފޫޒު ފޯރުވައިގެންނާއި، ބޭނުންވާ ވަގުތުތަކުގައި ކޯޓުތައް ހުޅުވައިގެން ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތްތައް ހިންގާ އެމަނިކުފާނު ޖަލަށް ލުމުގެ ވައުދު މި ސަރުކާރުން ވަރަށް ރަނގަލަށް ފުއްދާފައިވާ ކަމަށާއި، އެ ނޫން އެއްވެސް ވައުދެއް މި ސަރުކާރުން ފުއްދާފައި ނުވާކަމަށް މޮސްޓާ ވިދާޅުވި އެވެ. 

"ހަމައެކަނި މި ސަރުކާރަށް ފުއްދުނު ވައުދަކީ ސަރުކާރަށް އަންނަން ވެގެން ބުނި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކާމިނީގޭ ހުޅަނގުގޭ އަބްދުالله ޔާމީން އަބްދުލްގައްޔޫމެއް ނޫން.. 2013 ވަނަ އަހަރު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް ދިވެހިރާއްޖޭގައި ވެރިކަން ކުރި ރައީސުލްޖުމްޙޫރިއްޔާ ޖަލަށްލާން. އެ ވައުދުނޫން އެއްވެސް ވައުދެއް އެގޮތް ތޯ ފުއްދިފަ؟ 

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުالله 

އޭނާ މިފަދައިން ވިދާޅުވެފައިވާއިރު ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމިން މިވަގުވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އެމަނިކުފާނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. 

މީގެކުރިން ވޮޑުމުއްލާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލުހުމުމާއި ގުޅިގެން އެމަނިކުފާނަށް 700 އަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. 

އެފަހަރު އެމަނިކުފާނު މިނިވަންވެ ވަޑައިގަތީ ވޮޑުމުއްލާ މައްސަލައިގެ ހުކުމް ރާއްޖޭގެ ސުޕްރިމް ކޯޓުން ބާތިލުކޮށް އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްކަމަށް ކަނޑައެޅުމާއި ގުޅިގެންނެވެ. 

އާރަށު މައްސަލައިގެ ހުކުމް ތަންފީޒުކުރައްވަމުންދާއިރު، މިހާރުވެސް ދަށުކޯޓުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުވާ އުފުލާފައިވާ އިތުރު މައްސަލައެއްގެ ޝަރީއަތް ވަނީ ފަށާފައެވެ. 

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަމަށް 270 މީހުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު، ރައީސް ޔާމިނަށް އަމާޒުކޮށްގެން ފުލުފުލުގައި ދައުވާތައް އުފުލަމުންދާތީ ގިނަބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. 

އެގޮތުން ރައީސް ޔާމިންގެ މައްޗަށް އެކަނި ދައުވާތައް އުފުލުމަކީ އިންސާފު ނޫންކަމަށާއި، އެއީ ރައީސް ޞާލިހުގެ ރިޔާސީ ވާދަވެރިޔާއަށް ވީތީ، އެމަނިކުފާނު ސިޔާސީ މައިދާނުން އެއްފަރާތްކޮށް އެކަހެރި ކުރުމަށް ހިންގާ ޚުދުމުހުތާރު އަމަލެއްގެ ގޮތުގައި އިދިކޮޅު އިއްތިހާދުން ވެސް ގެންދަނީ ސިފަކުރަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.