އައްޑޫ ފްލައިން ސްކޫލްގެ އެގްރިމެންޓް އިތުރުކޮށްފި

07 Feb 2019 | 12:35

އައްޑޫ ފްލައިން ސްކޫލްގެ އެގްރިމެންޓް އިތުރުކޮށްފި އެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އައްޑޫގައި ހިންގާ ފްލައިން ސުކޫލްގެ އެގްރިމެންޓް ހަމަވެފައިވަނީ ފާއިތުވި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުކަމަށެވެ. އަދި މުއްދަތު ހަމަވުމުމާއެކު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެގްރިމެންޓްގެ މުއްދަތު އިތުރުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެ މުއްދަތުު އިތުރުކޮށްފައިވަނީ ކުރިއަށް އޮތް ތިންމަސްދުވަހަށް ކަމަށްވެސް މީޑިއާ އޮފިޝަލު ބުނެފައިވެއެވެ. މުއްދަތު އިތުރުކުރުމާއެކު ދެން އެ އެގްރިމެންޓްގެ މުއްދަތު ހަމަވާނީ މިއަހަރުގެ 30 ވަނަ ދުވަހުއެވެ.

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ތައުލީމު ހާސިލްކުރަމުން އަންނަ އެ ސުކޫލުގެ އެގްރީމަންޓް ހަމަވުމާއިއެކު އެތަނުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނާއި އެ ކުދިންގެ ބެލެވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަދި އެތަނުގައި ތައުލީމް ހާސިލްކުރަމުންދާ ބައެއް ދަރިވަރުންވަނީ ތައުލީމް ހާސިލްކުރަމުންދާއިރު ދިމާވާ ގޮންޖެހުންތައްވެސް ބައެއް ނޫންތަކާއި ހިއްސާކޮށްފައެވެ.

ފްލައިން ސްކޫލުން ފަހަކަށް އައިސް ދިވެހި ކުދިންނަށް ދެމުން އައި ޑިސްކައުންޓްވެސް ކަޑާލާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ކޯހުގެ އަގު ބޮޑުކޮށްފައިވާ އިރު މިހާރު އެތަނުން ޕައިލެޓް ކޯހަކަށް 50،000 ޑޮލަރު ނަގާކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement