އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް-- ފޮޓޯ/ޕީއެސްއެމް
ހަބަރު
18 May 2023 | 13:19
ޕާޓީން ވަކިވަމުންދާ މެންބަރުންނަށް ވުރެ ގިނަ މެންބަރުން ހޯދަމުން މިދަނީ: ފައްޔާޟް

އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މެންބަރުން ތަކެއް ޕާޓީ ދޫކޮށް، އަައު ޕާޓީއެއް އުފައްދަން ނިންމެވުމާއި ގުޅިގެން ޕާޓީން މެންބަރުން މަދުވި ނަމަވެސް، އެ މަދުވާ ވަރަށްވުރެ ގިނަ މެންބަރުން ހޯދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެކަމަށްޓަކައި މާލެއިން 400, އަދި އަތޮޅު ތެރޭއިން 600 އެއްހާ މެންބަރުން މަސައްކަތް ކުރަމުންދާނެ ކަމަށް މިއަދު ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމައި ވަނީ ހާމަކޮށްފައެވެ. އެގޮތުން، ރަށްރަށުގައި ޕާޓީގެ އެެ މެންބަރުން ކުރާނެ މައިގަނޑު މަސައްކަތަކީ މެނިފެސްޓޯ އެކުލަވައި ލުމަށް، އެއްކުރަންޖެހޭ މައުލޫމާތު އެއްކުރުމާއި، ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކަމަށް ޕާޓީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު ވަނީ ވިދާޅުވެފަ އެވެ. 

ޕާޓީން މެންބަރުން ވަކިވަމުންދާ މައްސަލައާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ، އަދި މިހާތަނަށް ޕާޓީން ވަކިވާން އެދި މާ ގިނަ މެންބަރުންގެ ފޯމް ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ރަނގަޅު އަދަދަކަށް މެންބަރުން ޕާޓީން ވަކިވެގެންދާނެ ކަމަށް ބެލެވޭ ކަމަށާ، އެ މެންބަރުންނަކީ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބޭނެ ކަމަށް މީގެ ކުރިންވެސް ބަލަމުންއައި މެންބަރުން ނޫން ކަމަށް ފައްޔާޟު ވިދާޅުވި އެވެ. 

އަދިއެއް ވަކިވެގެން މާ ގިނަ މެންބަރުން ތަކެއްގެ ފޯމް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް. އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަ ރަނގަޅު އަދަދަކަށް ވަކިވާނެ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން ކުރިން ދެންނެވިހެން އަޅުގަނޑުމެންގެ ކަލްކިޔުލޭޝަންގައި އަޅުގަނޑުމެން ބަލަމުންއައި ނަންބަރެއް ނޫން އަޅުގަނޑުމެންނާއިއެކު ތިބޭނެ ކަމަކަށެއް. 

އިރާދަފުޅު ކުރެއްވިއްޔާ އަޅުގަނޑުމެން މިހާރުވެސް ކުރަމުން މިދާ މަސައްކަތުން އަޅުގަނޑުމެން އިތުރު ބައިވަރު މެންބަރުން ތަކެއް ވައްދަމުން މިދަނީ. އެހެންވީމާ ނަންބަރަކަށްވެސް މާ ބޮޑު ބަދަލެއް ނާންނާނެ. އަދި ވަކިވެގެންދާ ނަންބަރަށްވުރެ އިތުރަށް އިރާދަފުޅު ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހޯދެމުން މިދަނީ. އަދި މި ދަތުރާއި އެކު އެކަން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ. 

އެމްޑީޕީ ޗެއާޕާސަން ފައްޔާޟް އިސްމާއިލް 

ފައްޔާޟް ގެ ވާހަކަތަކާއި ގުޅިގެން އިބްރާހީމް ވަހީދު ވެސް ވަނީ ފިކުރެއްގެ ދިރުން ފެކްޝަނުގެ މަޖިލިސް މެމްބަރުން އިސްތިއުފާ ދެއްވުމާއިއެކު ކޮންމެވެސް ވަރަކަށް މެންބަރުން ޕާޓީން ވަކިވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އެގޮތުގެ މަތިން ޕާޓީން ކެނޑޭ ކަމަށް ބުނާ ގިނަ މެންބަރުންނަކީ މީގެ ކުރިންވެސް އެޕާޓީގައި ތިބި މެންބަރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު 

މިއަދުވެސް އަޅުގަނޑު ދެކުނިން ހަމަ، ވަރަށް ރީތިކޮށް ޓުވީޓެއް ހަދާފައި ގުޑް ބައި އެމްޑީޕީ ޖަހާފައި އޮތް. އެމްޑީޕީ މެންބަރެއް ނޫން. އެމީހުން ކިތަންމެ ވަރަށް ކެނޑުނަސް އަޅުގަނޑުމެން އެއަށް ކުރާނެ ކަމެއް ނެތް. 

އެމްޑީޕީ ޗެއާޕާސަންގެ ނާއިބު އިބްރާޙީމް ވަހީދު--

އިބްރާހީމް ވަހީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ރެޖިސްޓްރީން ބައެއް މެންބަރުން ވަކިވާނެ ކަމަށާ، އެހެންނަމަވެސް، ރެޖިސްޓްރީ ގައި ނެތް މެންބަރުން ލާ އެފަދަ ސިޓީތަކަށް ޖަވާބުވެސް ނުދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.