ހިޔާ ދެފްލެޓް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓް/ ފޮޓޯ: ޓްވިޓާ
ހަބަރު
18 May 2023 | 19:32
ހިޔާ އިން އެއްކޮށްލި ދެފްލެޓްގެ އެއްބަސްވުން ބާތިލް ކޮށްފި

ހިޔާ ފްލެޓުން އެއްކޮށްލި ދެފްލެޓްގެ އެއްބަސްވުން ބާތިލްކޮށް 14 ދުވަހުގެ ތެރޭގައި އެ ދެފްލެޓް ހުސްކުރުމަށް އާބަންކޯއިން އެ ދެ ފްލެޓްގެ ވެރިންނަށް އަންގައިފިއެވެ.

ހިޔާ އިމާރާތެއްގެ ފްލެޓެއްގެ ފާރު ތަޅާލައި ދެ އެޕާޓްމެންޓް އެއްކޮށްލައިގެން ހަތަރު ކޮޓަރީގެ އެޕާޓްމެންޓަކަށް ހަދައިގެން އުޅެމުންދާކަން އެނގިގެން އާބަންކޯއިން ވަނީ، ކޮންމެ އެޕާޓްމެންޓެއް 100،000 ރުފިޔާއިން ޖޫރިމަނާކޮށް 10 ދުވަހުގެ ތެރޭގައި ފާރު އަލުން ރޭނުމަށް އެފަރާތައް އަންގައިފައެވެ.

އާބަންކޯގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ނިއުޝާދު ޝަރީފް "ވޮއިސް" އަށް ވިދާޅުވީ އެ ފަރާތުން އެއްވެސް ވަރަކަށް ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި ދިން މުއްދަތުގެ ތެރޭގައި ފާރު ރޭނުމުގެ މަސައްކަތްވެސް ކޮށްފައި ނުވާކަމަށެވެ.

އަދި އެއްވެސް ވަރަކަށް ފައިސާ ދައްކައި ފައި ނުވާތީ ދެފްލެޓްގެ ވެސް އެއްބަސްވުން ބާތިލް ކޮށް 14 ދުވަސް ތެރޭގައި ފްލެޓް އަނބުރާ އާބަންކޯ އާއި ހަވާލު ކުރުމަށް އަންގައިފައިވާ ކަމަށެވެ.

"އެންމެފަހުގެ ނިންމުން ފްލެޓް އަތުލުން އެއީ، މި ކޭސްގަ ވާގޮތަކީ ކުލިވެސް ދައްކާފަ ނެތީ، ވަރަށް ބޮޑު ބަދަލެއް އެ އެޕާޓްމެންޓަށް ގެނެސްފަ މިހުރީ، ފައިސާ ނެތިގެން ނޫންކަން އެނގޭ ކުލި ނުދައްކާ ހުރީ، މިއަކަށް ނެތް އަޅުގަނޑުމެންނަކަށް ލުޔެއް ދެވޭކަށް، އެހެންވެ ކޮންޓްރެކްޓް ބާތިލް ކުރީ" ވޮއިސް އަށް މައުލޫމާތު ދެއްވަމުން ނިއުޝާދު ވިދާޅުވިއެވެ.

ނިއުޝާދު ވިދާޅުވީ ފްލެޓްތައް އަނބުރާ އާބަންކޯ އާއި ހަވާލު ކުރަން ވާނީ ފްލެޓް ދޫކުރި އިރު ހުރި ގޮތަށް ކަމަށެވެ. އަދި އެކުންފުނިން ފްލެޓާއި ހަވާލުވާއިރު ފްލެޓްގައި ހުންނަ އެއްޗެއްސަކީ އާބަންކޯއަށް ނެގޭނެ ތަކެތި ކަމަށެވެ. އަދި އެފަރާތުން ނުދައްކައިވާ ކުލީގެ ފައިސާ ދެއްކުމަށްވެސް އަންގާފައި ވާނެ ކަމަށްވެސް ނިއުޝާދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.