ފިކުރެއްގެ ދިރުމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވާހަކަ ދައްކަވަނީ/ފޮޓޯ: ދެން
ހަބަރު
19 May 2023 | 08:51
ވެރިކަމުގަ ގަދަބާރުން ހުރުމަށް ރައްޔިތުން ހާލުގަ ނުޖައްސާ: އަމްރު

ވެރިކަމުގަ ގަދަބާރުން ހުރުމަށް ރައްޔިތުން ހާލުގަ ނުޖައްސުމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ގޮވާލައްވައިފިއެވެ.
އަމްރު ކުަރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވައްކަމުން ސަރުކާރު ކުންފުނިތައް ހުސްކޮށްލާ، ބަދަލުދީ ބައިތުލް މާލް ހުސްކޮށްލާ، ބަހާ ރަށްތައް ހުސްކޮށްލުމަކީ އިންތިޚާބުވާން ކިތައްމެ ބޭނުމަސް ކުރަން ހެޔޮވާވަރު ކަމެއްނޫން ކަމަށެވެ.
"ވެރިކަމުގަ ގަދަބާރުން ހުރުމަށް ރައްޔިތުން ހާލުގަ ނުޖައްސާ" އަމްރު  ވިދާލުވެފައިވެއެވެ.
އަމްރު މިގޮތަށް ޓްވީޓް ކުރައްވާފައިވަނީ ވ ބިޑަކާއި ނުލައި އިޤްތިޞާދީ ބޭނުމަށް ފަޅު ރަށް ދެވޭގޮތަށް  ޤަވާއިދެެއް ހަދައިފިކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ހިއްސާކުރައްވަމުންނެވެ.
އިއްޔެ އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ "އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ޤަވާއިދު" ގައިވާ ގޮތުން ފަޅު ރަށެއްގައި އިޤްތިޞާދީ މަސައްކަތެއް ކުރުމަށް އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
އަމްރުގެ ފާޑިކިޔުން ސަރުކާރަށް އަމާޒު ކުރައްވާފައިވާއިރު، އަމްރު ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން އިއްޔެ ވަކިވެވަޑައިގެންފައެވެ. އަމްރު ކުރިން ހުންނެވި މަޤާމު ކަމަށްވާ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ކަމުން ވަކި ކޮށްފައިވަނީ އެމްޑީޕިގެ އެތެރޭގެ އިންތިޚާބުގެ ތެރޭގައި ރައީސް ނަޝީދަށް ކެމްޕޭނު ކުރައްވައި، އޭރުގެ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުން ފަރާތުން ޖުމްހޫރީ ޕާޓީއާއި ބައްދަލު ކުރި ބައްދަލު ކުރުން ތަކަކަށް ފަހުގައެވެ.
އަމްރު އޭރު  ވިދާޅުވެފައި ވަނީ ރައީސް ނަޝީދާއި އެކު ކެމްޕޭންއާއި ގުޅިވަޑައިގަތީ ރައީސް ޞާލިޙްގެ ރުހުންލިބިވަޑައިގެން ކަމަށެވެ. ނަމަވެސް އެވާހަކަތައް އެމްޑީޕީ އިން ވަނީ ދޮގުކޮށްފައެވެ.
އަމްރު މިހާރު ހުންނެވީ އެމްޑީޕީ އިން ވަކިވި ފިކުރެއްގެ ދިރުމާއި އެކު އެވެ. އިއްޔެ ފިކުރެއްގެ ދިރުމުން ވަނީ އައު ޕާޓީއެއް އުފައްދާނެ ކަން އިއުލާނު ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.