ދީން
19 May 2023 | 13:41
ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް: ހުތުބާ

ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމުގައި ކީރިތި ރަސޫލާ (ޞ) ބަޔާންކޮށްދެއްވާފައިވާ ކަމަށް މިއަދުވެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

"ރުޅިމަތަކުރުމުގެ ޖަޒާއަކީ ސުވަރުގެ" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ރުޅިމަޑު ކަމަކީ الله އާއި އެކަލާނގެ ރަސޫލާ (ޞ) ލޯބިވެވޮޑިގެންވާ ސިފައެއް ކަމަށެވެ.

"ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ވަދެވޭ ހުއްޓެވެ!" ކީރިތި ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

މިއާއެކު ޚުތުބާގައި ބުނީ ކީރިތި ރަސޫލާ (ޞ) އަކީ އެކަލޭގެފާނުގެ ޝަހްސީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރެއްވި ބޭކަލެއް ނޫންކަމަށެވެ. އެހެންނަމަވެސް އެކަލޭގެފާނަކީ މާތް الله ގެ ހުރްމަތަކަށް އަރައިގަނެވޭ ހިނދު ކޯފާ ގަފަ ބޭކަލެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

އެހެންކަމުން އަހަރެމެން ވެސް އަމިއްލަ ޝަހްސީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

ކަންމިހެން ހުރި ނަމަވެސް މިއަދު އަހަރެމެންގެ ތެރެއިން, ރުޅި މަޑުކުރުމުގެ ރީތި ނަމޫނާތައް ފެންނަމުން ނުދާ ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ފެންނަމުންދަނީ ބަދަލުހިފުމުގެ ރޫހު ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. 

"ކީރިތި ރަސޫލާ (ޞ) ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

އެހެންކަމުން ކޯފާ އިސްނުކުރުމަށް ރަސޫލާ (ޞ) އެކަލޭގެފާނުގެ ސަހާބީންނަށް ވަސިއްޔަތް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ތަގްވާވެރީންނަކީ މާތް الله ގެ ހަސްރަތުގައި މަތިވެރި މަގާމެއް ލިބިފައިވާ ބައެއް ކަމަށާއި، މާތް الله އަށް ހައްގު ގޮތުގައި ތަގްވާ ވެރިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައިވެއެވެ. 

"ރުޅި މަތަކުރާ މީހުންނަށާއި، އިހްސާންތެރީންނަށް ހުރި ދަރަޖަ ބަޔާންކުރައްވައި މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ''އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަސްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ ތަޤްވާ ވެރިންނަށެވެ. އެއުރެންނަކީ ތަނަވަސްކަމުގައްޔާއި ދަތި ހާލުގައި މުދާ ހޭދަކޮށް އުޅޭ މީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިހުސާން ތެރިންދެކެ الله ލޯބިވެ ވޮޑިގެންވެއެވެ. އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ ނުވަތަ އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) الله ހަނދުމަކޮށް އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުއާކޮށް އުޅޭ މީހުންނެވެ. الله ފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކު ހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ހާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ ހަސްރަތުން ފާފަފުއްސެވުމެވެ، އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ ހާލުގައެވެ. ހެޔޮ އަމަލު ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.