ޖޯލިބީއިން އާއި ޔޫ އެންޑް މީ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
20 May 2023 | 00:20
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: އެންމެ ފަހުގެ ޗެމްޕިއަން ކަޓުވާލުމަށް ފަހު ޔޫ އެންޑް މީ ސެމީއަށް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ޖޯލިބީއިން ބަލިކޮށް ޔޫ އެންޑް މީ އިން މުބާރާތުގެ ސެމީގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ތަފާތުބޮޑު ނަތީޖާއަކުން ޖޯލިބީއިން އަތުން ބަލިވުމުގެ އިތުރަށް މިއަހަރުގެ މުބާރާތް ފެއްޓުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް ޔޫ އެންޑް މީ ވަނީ ބަލިވެފަ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ދެޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޔޫ އެންޑް މީ އިންނެވެ. މިލަނޑު ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް އިރުބާންއެވެ. މިއީ ޖޯލިބީއިންގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމުގެ ބެންޖޯ ކައިރިން ނައްޓާލުމަށް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ޔޫ އެންޑް މީ ގެ ލީޑު ފުޅާކޮށްދިނީ ދެވަަނަ ހާފުގެ 07 ވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު ސުހައިލް އެވެ. މިއީ ޖޯލިބީއިންގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އެޓީމުގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތީހުރެ ފޮނުވާލި ހަމަލާ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގައި ޖޯލިބީއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެޓީމުގެ ހަމަލާތައް ދިފާއުކުރުމުގައި ޔޫ އެންޑް މީ ގެ ކުޅުންތެރިން ދިޔައީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ގޭމެއް ކުޅެމުންނެވެ. ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޖޯލިބީއިން އިން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރުފާން މުހައްމަދު އެވެ.

މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ބެންޖޯ ޖައްސާލި ބޯޅައެއް ޕެނަލްޓީ އޭރިއާ ބޭރުން، އެއްފަހަރުން ޖަހައި ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޔޫ އެންޑް މީ މޮޅުވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޔޫ އެންޑް މީ ގެ ގޯލްކީޕަރު އިބްރާހިމް ނަދީމް އެވެ. އޭނާ ވަނީ މި މެޗުގައި ޖޯލިބީއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މާދަމާ ރޭ ކުޅޭ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޔޫ އެންޑް މީ ނުކުންނާނީ މީދުއްޕަރު ޓީމާއި ދެކޮޅަށެވެ. ސެމީގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ދިގަލި މޯލްޑިވްސް އާއި ކޯރާކޯރާ މޯލްޑިވްސް އެވެ. މި ދެމެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.