ޔޫ އެންޑް މީ އާއި މީދުއްޕަރު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
21 May 2023 | 02:34
އާރުޑީސީ އެމްޖޭއެސް ރާބަދި ޗެލެންޖް 2023: ފަހަތުން އަރައި މީދުއްޕަރު ބަލިކޮށް، ޔޫ އެންޑް މީ ފައިނަލަށް!

މީދޫ ޖަމްޢިއްޔަތުއް ޞަލާޙް ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު " އާރުޑީސީ ރާބަދި ޗެލެންޖް 2023" ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މީދުއްޕަރު ދެ ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް އެންމެ ފަހުގެ ރަނަރަޕް ޔޫ އެންޑް މީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިރޭގެ ފޯރިގަދަ ސެމީފައިނަލު މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މީދުއްޕަރުން ނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނާޖިހު ޖަމީލް އެވެ. އަދި ފުރަތަަމަ ހާފުގެ ކުޅުން ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް އެޓީމުގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ފަރުހާން އެވެ. މިއީ ޔޫ އެންޑް މީގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަގޮތަކަށް ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މީދުއްޕަރު ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޔޫ އެންޑް މީ އިން ދެވަަނަ ހާފުގެ ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް އެޓީމުން ނަތީޖާ އެއްވަރުކުރި އެވެ. އެގޮތުން ދެވަނަ ހާފުގެ ދެވަަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ.

މި ލަނޑަކީ ޔޫ އެންޑް މީ ގެ ގޯލްކީޕަރު ނަދީމް އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ކުރިއަށް އެއްލި ބޯޅައެއް މީދުއްޕަރުގެ ކީއްޕަރު ނާޝިއު ޝަރީފް ހިފަން އުޅުމުގެތެރޭގައި އޭނަގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މުހައްމަދު މިފްރާހް އެވެ.

މި މެޗުން ޔޫ އެންޑް މީ މޮޅުވި ލަނޑު ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސުހައިލް އެވެ. މިއީ މީދުއްޕަރުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވެސް ޔޫ އެންޑް މީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު ސުހައިލް އެވެ.

މުބާރާތުގެ ފައިނަލްގައި ޔޫ އެންޑް މީ ނުކުންނާނީ މިރޭގެ ފުރަތަ ސެމީގައި ޕެނަލްޓީގައި ކޯރާކޯރާ މޯލްޑިވްސް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ދިގަލި މޯލްޑިވްސް އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.