އާސެނަލް އާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
21 May 2023 | 03:08
އާސެނަލް ބަލިވެ، ސިޓީއަށް ޗެންޕިއަންކަން ކަށަވަރުވެއްޖެ!

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް އަތުން އާސެނަލް ބަލިވުމުން ލީގުގައި ބާކީ ތިން މެޗު އޮއްވައި މެންޗެސްޓާ ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.

މިއީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން މެންޗެސްޓާ ސިޓީ ހޯދި ތިންވަނަ ފަހަރެވެ. އަދި މިއީ ފާއިތުވި ހަ ސީޒަންގެ ތެރޭ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ. މީގެ އިތުރުން މިއީ މެންޗެސްޓާ ސިޓީގެ ތާރީޚުގައި އެ ކުލަބުން ޕްރިމިއާ ލީގު ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ.

މިރޭގެ މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އާސެނަލް އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް ފުރަތަަމަ ހާފުގައި ފޮރެސްޓުގރ ގޯލާއި އަމާޒުކޮށް އެޓީމަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލައެވެ. އޭގެ ތެރެއިން ފުރަތަަމަ ހަމަލާ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އާސެނަލްގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ފޮނުވާލުމުން ގޯލާއި އަމާޒުނުވެ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. 

ޖެހިގެން އައި މިނެޓުގައި ފޮރެސްޓުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް ޓައިވޯ އަވޮނިޔީ އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފޮރެސްޓް ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އާސެނަލް އިން ކުޅުނު ނަމަވެސް ފޮރެސްޓުން ވަނީ ރޭވުންތެރިކަމާއެކު އާސެނަލްގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ.

މިރޭގެ މެޗުން ބަލިވުމުން ލީގުގައި ކުޅުނު 37 މެޗުން ލިބުނު 81 ޕޮއިންޓާއެކު އާސެނަލް އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ޗެންޕިއަން މެންޗެސްޓާ ސިޓީއަށް 35 މެޗު ކުޅެގެން ވަނީ 84 ޕޮއިންޓް ލިބިފައެވެ. އަދި މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފޮރެސްޓަށް ވަނީ 37 މެޗު ކުޅެގެން 37 ޕޮއިންޓް ލިބިފައެވެ. ލީގު ތާވަލުގެ 16 ވަނައިގައި އެޓީމު މިވަގުތު އޮތްއިރު، މިރޭގެ މެޗުގެ ނަތީޖާއާއެކު އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގައި ދެމިއޮވޭނެކަން އެޓީމަށް ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.