ޔުނައިޓެޑްގެ ކަސަމީރޯ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
21 May 2023 | 04:25
ބޯންމައުތު އަތުން މޮޅުވެ، ގަދަހަތަރެއް ކަށަވަރުކުރުމަށް ޔުނައިޓެޑަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެއް!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ހަތަރުވަނައިގައި ތިން ޕޮއިންޓް ހޯދައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސަމީރޯ އެވެ. މިއީ އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަމަ ހާފުގައި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ބޯންމައުތުގެ އިގިރޭސި ފޯވާޑް ޑޮމިނިކް ސޮލަންކޭ އަށްވަނީ ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ. އަދި ފުރަތަަމަ ހާފުގެ 41 ވަނަ މިނެޓުގައި އުނައިޓެޑުގެ ލީޑު ފުޅާކުރުމަށް ކަސަމީރޯ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ބޯންމައުތުގެ ގޯލް ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ.

ދެވަަނަ ހާފުގެ 63 ވަނަ މިނެޓުގައި ބޯންމައުތުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ޔުނައިޓެޑުގެ ފޯވާޑް ވެގްހޯސްޓް ފޮނުވާލި ހަމަލާ ނެޓޯ ދިފާއުކުރިއިރު، 76 ވަނަ މިނެޓުގައި ޔުނައިޓެޑުގެ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ވެސް މިރޭގެ މެޗުގެ މޮޅު ކުޅުމެއް ދެއްކި ބޯންމައުތުގެ ބްރެޒިލް ގޯލްކީޕަރު ނެޓޯއެވެ.

ދެވަަނަ ހާފުގެ 84 ވަނަ މިނެޓުގައި ބޯންމައުތުގެ ވޭލްސް ފޯވާޑް ކީފަރ މޯރް އަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އަދި މެޗުގެ އިތުވަގުތުގެ ތެރޭގައި އެޓީމުގެ މާކޯސް ސެނެސީ ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ކީއްޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 36 މެޗު ކުޅެގެން މެންޗެސްޓާ ޔުނައިޓެޑަށް 69 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ލިވަޕޫލްއަށް 37 މެޗު ކުޅެގެން ލިބިފައިވަނީ 66 ޕޮއިންޓެވެ. އަދި ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމަށް ބާކީ އޮތް ދެމެޗުން މެންޗެސްޓާ ޔުނައިޓެޑް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.