ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ/ ވޮއިސް
ހަބަރު
21 May 2023 | 14:37
"ޕާޓީ އުފެއްދީ ރައީސް ނަޝީދުގެ ފެނިވަޑައިގަތުމުގެ ބޭރުންނެއް ނޫން؛ ގުޅިވަޑައިގަންނަވާނެ އިރެއް އެނގޭނީ އެމަނިކުފާނަށް"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަލަށް އުފައްދަވާފައިވާ "ދި ޑިމޮކްރެޓްސް" ޕާޓީއާއި އެމަނިކުފާނު ގުޅިވަޑައިގަންނަވާނެ އިރެއް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 

"ދި ޑިމޮކްރެޓްސް" ޕާޓީ ރެޖިސްޓަރ ކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ، އެ ޕާޓީ އަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާ، އެހެން ނަމަވެސް ޕާޓީގެ ފަރާތުން ފޯމު ހުށަހަޅާފައިވާނީ އޭނާގެ ނަމުގައި ކަމަށެވެ. 

އަދި ޕާޓީގެ ކަންކަން ކުރައްވަމުން ގެންދަވާނީ ގާނޫނު ތެރެއިން ކަމަށާ ރައީސް ނަޝީދަކީ މިވަގުތު ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށްވާއިރު، ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަ ފަރާތަކަށް އެހެން ސިޔާސީ ޕާޓީއެއް ނު އުފެއްދޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.   

މިއާއެކު ހަސަން ލަތީފް ވަނީ އެ ޕާޓީ އުފައްދާފައިވަނީ ރައީސް ނަޝީދަށް ވެސް ފެނިވަޑައިގެން ކަމަށާ، ޕާޓީ އުފައްދަވާކަން އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. 

އެހެންނަމަވެސް، ޕާޓީއާއި އެމަނިކުފާނު ގުޅިވަޑައިގަންނަވާނެ އިރެއް އެނގޭނީ އެމަނިކުފާނަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ކުރީދުވަހުގެ ޕްރެސްގައިވެސް ދެންނެވު ފަދައިން ރައީސް ނަޝީދު ގުޅިވަޑައިގަންނަވާނެ ދުވަހަކާއި، އަދި ގުޅިވަޑައިގަންނަވާނެ ގޮތަކާއި، އެއީ ހަމަ ރައީސް ނަޝީދު އަރިހުން ސާފު ކުރައްވަންވީ ކަމެއް. އަޅުގަނޑުމެންނެއް މި ސިޔާސީ ޕާޓީއެއް ނު އުފައްދާނެ ރައީސް ނަޝީދުގެ ފެނިވަޑައިގަތުމާއި، އެނގިވަޑައިގަތުމުގެ ބޭރުންނެއް"

މެންބަރު ހަސަން ލަތީފް 

ރައީސް ނަޝީދުގެ ފެކްޝަނުގެ 12 މަޖިލިސް މެންބަރުންނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ތަކެއް، އެމްޑީޕީން ކެނޑި އައު ޕާޓީއާއި ގުޅިވަޑައިގަންނަވާކަން އިއުލާން ކުރައްވާފައިވާ އިރު، އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އެޕާޓީގެ ރައީސްގެ މަގާމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.