ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ބެންޗުގައި ތިބި ކުޅުންތެރިން
ކުޅިވަރު
22 May 2023 | 07:14
ސިޓީގެ ރިޒާވް ޓީމު އަތުން ވެސް ޗެލްސީ ބަލިވެއްޖެ!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ސިޓީ އިން ކާމިޔާބުކޮށްފި އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވެސް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައިވާ ސިޓީއިން އެޓީމުގެ ފުރަތަަމަ އެގާރައިގައި އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިންނަށް މިރޭގެ މެޗުގައި ވަނީ ރެސްޓުދީފައެވެ. އޭގެތެރޭގައި ހާލަންޑް، ޑިބްރޭނާ، ގުންޑޮގާން، ގްރިލިޝް، ބެނާޑޯ ސިލްވާ އަދި ގޯލްކީޕަރު އެޑަސަން ހިމެނެއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ސިޓީގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ހަލުވި މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްވަރޭޒް އެވެ. މިއީ ޗެލްސީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އެޓީމުގެ ޒުވާން މިޑްފިލްޑަރ ކޯލް ޕާމަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސިޓީގެ ލަނޑަށްފަހު މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ފުރަތަަމަ ހާފުގައި ޗެލްސީގެ ރަހީމް ސްޓާލިން އަށާއި މިޑްފީލްޑަރު ކޮނޯރ ގަލަގަރް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ.

ދެވަަނަ ހާފުގައި ވެސް ޗެލްސީގެ ރަހީމް ސްޓާލިން އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު އިރު، ހާފުގައި ސިޓީ އިން ވަނީ ހާލަންޑް ގެ އިތުރުން ކެވިން ޑިބްރޭނާ ވެސް ކުޅެން ނެރެފައެވެ.

ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީ އިން ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކުރި އެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ގޯލު ޖެހުމުގެ ކުރިން ސިޓީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން އެއީ ރަގަޅު ގޯލެއް ނޫންކަމަށެވެ.

މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ޗެލްސީގެ މޮޑްރިކް އަދި ޗަލަބާ އަށް ހުސް ދެ ފުރުސަތު ލިބުނުއިރު، މި މެޗުގައިވެސް ޗެލްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތަކުގައި ލަނޑު ނުޖެހުނުގެ މައްސަލައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 36 މެޗުން މެންޗެސްޓާ ސިޓީއަށް 88 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ޗެލްސީއަށް 36 މެޗު ކުޅެގެން ލިބިފައިވަނީ 43 ޕޮއިންޓެވެ.

މިސީޒަނުގެ ޕްރެމިއާ ލީގުގެ ގަދަ 10 ގެ ފުރުސަތު ޗެލްސީއަށް ގެއްލިފައިވާއިރު، ބާކީ އޮތް ދެމެޗުން މޮޅުވިއަސް އެޓީމަށް އެންމެ ގިނަވެގެން ހަމަކުރެވޭނީ 49 ޕޮއިންޓެވެ. މިއީ ޕްރެމިއާ ލީގުގައި 38 މެޗު ކުޅެން ފެށިފަހުން ޗެލްސީއަށް މަދުވެގެން 50 ޕޮއިންޓް ހަމަނުކުރެވުނު ފުރަތަަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.